ads
މަރުވެގެން ލައްގާފައިވާ ބައެއް މަސްތައް
20 ޓަނުގެ މަސް މަރުވެގެން ލައްގައިފި
އާޖެންޓީނާއަށް އައި ހީޓް ވޭވެއްގެ ސަބަބުން އަލްބަރޓީ ލެގޫންގެ އައްސޭރިއަށް 20 ޓަނުގެ މަސް މަރުވެެގެން ބުދަ ދުވަހު ލައްގައިފިއެވެ.

އާޖެންޓީނާއަށް އައި ހީޓް ވޭވްގައި ހޫނުމިން ވަނީ 40 ޑިގުރީ ސެލްސިއަސް އަށް އަރާފައެވެ. 

މަރުވެފައިވާ މަސްތައް ކޯރުގެ އައްސޭރިއަށް ލައްގާފައިވާއިރު، މުޅި ސަރަހައްދުން ދުވަނީ މަސް ކުނި ވަސް ކަމަށް ރިޕޯޓުތައް ބުނެއެވެ. 

ކޯރު ކައިރީގައި ދިރިއުޅޭ މީހުން މާސްކު އެޅުމަށާ، ކޮންމެހެން ދާންޖެހިގެން ނުނީ އަލްބަރޓީ ލެގޫން ސަރަހައްދަށް ނުދިއުމަށް އެ ގައުމުގެ ކަމާގުޅޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ. 

ނަމަވެސް ބައެއް މީހުން ގެންދަނީ ކޯރު ދޮށަށް ގޮސް މަސް ހޮވަމުންނެވެ.  

މަސްތައް ސާފުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، މިހާ ގިނަ މަސް އެއްފަހަރާ މަރުވުން ކޯރުން މަސްވެރިކަން ކުރާ ފަރާތްތައް އޭގެ ނޭދެވޭ އަސަރު ކުރިއަށް އޮތް 10 އަހަރު ވެސް ކުރަނޭކަމަށް ތަޖުރިބާކާރުންނާ ހަވާލާދީ އާރުޓީގައި ބުނެފައިވެއެވެ. 

މިއަހަރު ފެށުމާއެކު އާޖެންޓީނާއަށް ހީޓްވޭވެއް އައިސްފައިވާއިރު، ނިމުނު 2022 ވަނަ އަަހަރަކީ ފަހުގެ ތާރީހެއްގައި ދުނިޔޭގެ އެންމެ ގިނަ ގައުމުތަކަށް  ހީޓްވޭވް އައިއަހަރެވެ. 

މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދުނިޔޭގެ ފިނިހޫނުމިން މައްޗަށް ދާއިރު ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ލިބެމުން ދާކަމަށް ސައިންސުވެރިން ބުނެއެވެ. 

38%
ކަމުގޮސްފި
38%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް