ads
ފުލުހުން މީހެއްގެ އަތުގައި ބިޑި އަޅުވާފައި
މުއްދަތު މަޖިލީހުގައި އެދުނީ ޖަލަށްލައިދޭން
ބަންދު މުއްދަތަށް ކޯޓަށް ގެންދިޔަ މީހަކު، ޖަލުގައި ބަހައްޓައި ދިނުމަށް އެދުމުން، 15 ދުވަހު ބަންދުކޮށްފައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ބަންދު މުއްދަތަސް ގެންދިޔުމުން ޖަލުގައި ބަހައްޓަން އެދުނީ، މިދިޔަ އަހަރުގެ ފަހުކޮޅު، މާލޭގައި ހުންނަ މީރާގެ އޮފީހަށް ދަންވަރު ވަދެ، އެ ތަނުން 25 ރުފިޔާ ވަގަށް ނެގި މުހައްމަދު އަސްލަމް ކިޔާ މީހެކެވެ. އޭނާގެ މައްޗަށް މީރާ ފަޅާލި މައްސަލައިގައި މި މަހު ކުރީކޮޅު ތިން މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވިއިރު، ހަމަ އެ ދުވަހު އެހެން މައްސަލައެއްގައި އޭނާ ބަންދު ކުރިއެވެ. މިއަދު ކޯޓަށް މުއްދަތަށް ގެނައީ ފަހުން މި ބަޔާން ކުރި މައްސަލައާ ގުޅިގެންނެވެ.

މިހާރު އަސްލަމް ބަންދުކޮށްފައި ހުރީ، ޖުވެނައިލް ކޯޓު ފަޅާލި މައްސަލައިގައެވެ. ބަންދު މަޖިލީހުގައި އޭނާ ބުނީ، އޭނާއަކީ މަސްތުވާ ތަކެއްޗަށް ދެވިހިފައިވާ މީހެއް ކަމަށެވެ. އަދި އެވްރެޖްކޮށް ދުވާލަކު ފަސް ފަހަރު މަސްތުވާތަކެތި ބޭނުން ކުރާ ކަމަށް އޭނާ ބުންޏެވެ. ކުށް ކުރެވޭ މައިގަނޑު ސަބަބަކީ މަސްތުވާތަކެތި ކަމަށާއި، އެކަމުން ސަލާމަތްވެ އިސްލާހު ވާން ބޭނުން ކަމަށްވެސް އޭނާ ބުންޏެވެ. އަދި އޭނާ އެދެނީ ޖަލަށް ލައިދިނުން ކަމަށްވެސް ކްރިމިނަލް ކޯޓުގެ ރިޕޯޓުގައި ބުނެފައިވެއެވެ. 

40%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
60%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް