ads
އިޒްރޭލުން ޝަހީދުކޮށްލި 17 އަަހަރުގެ ކުއްޖާ
ފަލަސްތީނުގެ 17 އަހަރުގެ ކުއްޖެއް ޝަހީދުކޮށްލައިފި
އިޒްރޭލުން ފަލަސްތީނުގެ އުމުރުން 17 އަހަރުގެ ކުއްޖެއްގެ ބުދަ ދުވަހު ޝަހީދު ކޮށްލައިފިއެވެ.

ޝަހީދު ވެފައިވަނީ އަލީ އަބޫ ސަލާހް އެވެ. މިއީ މިއަހަރު ފެށުނުފަހުން އިޒްރޭލުން ޝަހީދުކޮށްލި ފަލަސްތީނުގެ 20 ވަނަ މީހާއެވެ.  

އެ ކުއްޖާ ޝަހީދުވެފެފައިވަނީ އިޒްރޭލުން ހިފާގައިވާ ހުޅަނގު އައްސޭރީގެ ރެފިއުޖީ ކޭމްޕަކަށް އިޒްރޭލު ސިފައިން އަރައި ހިނގާދިޔަ ހަމަނުޖެހުންތަކެއްގެ ތެރެގައި 17 އަހަރުގެ ކުއްޖާގަޔަށް ބަޑިޖެހުމާއި ގުޅިގެން ލިބުނު ޒަހަމްތަކުގެ ސަބަބުންނެވެ. 

އެ ކުއްޖާ މަރުވެފައިވަނީ ހޮސްޕިޓަލުގައި ފަރުވާހޯދަމުން ގެންދަނިކޮށެވެ. 

ކޭމްޕުގައި މައްސަލަ ހޫނުވީ އިޒްރޭލުގެ 300 ސިފައިން އެ ކޭމްޕަށް އަރައި ހަމަނުޖެހުން އުފައްދަން ފެށުމުންނެވެ. އެމީހުން އެ ސަރަހައްދަށް އެރީ އިޒްރޭލުގެ އަންހެން ފުލުހަކަށް ހަމަލާ ދިން އުދޭ އަލް ތަމާނީ ކިޔާ މީހެއްގެ ގެ ތަޅާލުމަށެވެ. އުދޭ ވަނީ އޭގެ 10 ދުވަސް ކުރިން މަރާލާފައެވެ.

މިއަހަރު ފެށުނުފަހުން އިޒްރޭލުން ވަނީ ފަލަސްތީނުގެ ހަތަރު ގެ ތަޅާލާފައެވެ. އަދި ހަތަރު ކުޑަކުދިން ވެސް ޝަހީދުކޮށްލާފައެވެ. މިދިޔަ އަހަރު އިޒްރޭލުން ފަލަސްތީނުގެ 224 މީހުން ވަނީ ޝަހީދުކޮށްލާފައެވެ.

ބުދަ ދުވަހު ހިނގާދިޔަ ހަމަނުޖެހުންތަކުހައި އިޒްރޭލުން ވަނީ ފަލަސްތީނުގެ ސްކޫލް ކުދިންތަކަކަށް ވެސް ހަމަލާ ދީފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް