ads
މަސައްކަތް ހަވާލުކުރުމުގެ ރަސްމިއްޔާތު: ފޮޓޯ ހެލްތް
ގަމު ހޮސްޕިޓަލާއި ގައްދޫ ހޮސްޕިޓަލްގެ މަސައްކަތް ސްޕެއިން ކުންފުންޏަކަށް
ލ ގަމުގައި 130 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް އިމާރާތްކުރުމަށާއި ގދ ގައްދޫގައި 30 އެނދުގެ ހޮސްޕޓަލެއް އިމާރާތްކުރުމަށް ސްޕޭންގެ ކުންފުއްޏަކާއި މިއަދު ހަވާލުކޮށްފިއެވެ.

79 މިލިއަން ޔޫރޯ ނުވަތަ 1.3 ބިލިއަން ރުފިޔާގެ މި ދެ މަޝްރޫއު ހަވާލުކޮށްފައިވަނީ ސްޕެއިންގެ ހޮމްޓް އެސްޕަނިއާ އަށެވެ.

މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި، މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތު އަހުމަދު އާދިލް އަދި ހޮމްޓް އެސްޕަނިއާގެ ފަރާތުން ސޮއިކުރައްވާފައިވަނީ، ހޮމްޓް އެސްޕާނިޔާގެ ޗީފް އެގްޒެކެޓިވް ޑިރެކްޓަރ އެޑުއާރޑޯ އޮލިވޭރިއާ އެވެ. 

"އެއްބަސްވުމުގެ ދަށުން މި ދެހޮސްޕިޓަލްގެ އިތުރުން ކޮންމެ ހޮސްޕިޓަލަކާއި ގުޅިގެން ސްޓާފު އެކަމޮޑޭޝަން ބްލޮކްތަކާއި މުޅި ހޮސްޕިޓަލަށް ބޭނުންވާ ފަރުނީޗަރާއި މެޑިކަލް އިކްޕްމަންޓާއި، މުވައްޒަފުން ތަމްރީން ކުރުން ހިމެނެއެވެ"

ހެލްތު މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ދަށުން މި ދެ ހޮސްޕިޓަލް އިމާރާތްކުރުމުގެ މަސައްކަތްކުރުމަށް ހަމަޖެހިފައިވަނީ އެމްޓީސީސީން ކަމަށެވެ. އަދި ލ ގަމު ހޮސްޕިޓަލް އިމާރާތް ކުރުމުގެ މުއްދަތަކީ 36 މަސްކަމަށާއި ގައްދޫ ހޮސްޕިޓަލް އިމާރާތްކުރުމަށް ދެވިފައިވަނީ 30 މަސް ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.

މި ޕްރޮޖެކްޓަށް ފައިނޭސް ކުރުމަށް ހަމަޖެހިފައިވަނީ، ޑޮއިޗަރ ބޭންކުގެ ފަރާތުންނެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް