ads
ރައީސް ނަޝީދުގެ މިރޭގެ ކެމްޕެއިން ޖަލްސާގެ ތެރެއިން
ނުރައްކަލެއްގެ ސަބަބުން ނަޝީދުގެ ޖަލްސާ ކުރުކޮށްލައިފި
އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޕްރައިމެރީގައި ވާދަކުރައްވާ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން ނިންމުމުގެ ޖަލްސާ "ނުރައްކަލެއްގެ" ސަބަބުން ކުރު ކޮށްލައިފި އެވެ.

މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި އެންމެ ފުރަތަމަވެސް ވާހަކަފުޅު ދެއްކެވީ، ރައީސް ނަޝީދު އެވެ. ގިނަ ބަޔަކު ބައިވެރިވި މި ޖަލްސާގައި ފޯރީގައި ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަމުން ދިޔަ ނަމަވެސް 10 ވަރަކަށް މިނެޓު ފަހުން އެމަނިކުފާނު ވަނީ ވާހަކަފުޅު ކުރުކުރައްވާ، އެ ސަރަހައްދުން ވަޑައިގެންފަ އެވެ. 

މިކަމާއި ގުޅިގެން "ސީއެންއެމް" އަށް މައުލޫމާތު ދެއްވި ރައީސް ނަޝީދު އަރިސް ބޭފުޅަކު ވިދާޅުވީ، ޖަލްސާ ކުރުކޮށްލުމަށްފަހު ވަޑައިގެންނެވީ، އެމަނިކުފާނުގެ ސެކިއުރިޓީއިން ދިން އިރުޝާދުގެ ދަށުން ކަމަށެވެ. އެހެން ނަމަވެސް މިކަމާއި ގުޅޭ އިތުރު ތަފްސީލެއް އެބޭފުޅާ ނުދެއްވަ އެވެ. 

ގިނަ ބަޔަކާއި އެކު މިރޭ އާޓިފިޝަލް ބީޗުގައި ފެށި މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް، ނަޝީދު ވިދާޅުވީ، އެމަނިކުފާނު ކުރިމަތިލައްވައިގެން ހުންނެވީ، އަސްލު އެމްޑީޕީ އަނބުރާ ހޯދައިިދިނުމަށް ކަމަށާއި، އެކަން ހުރިހާ ރައްޔިތުން ގުޅިގެން ކުރުން މުހިއްމު ކަމަށެވެ. 

ޖަލްސާ ކުރުކޮށްލުމަށްފަހު ރައީސް ނަޝީދު ވަޑައިގެންނެވިފަހުން، ޖަލްސާގައި އިތުރު ބޭފުޅަކު ވާހަކަފުޅު ދައްކަވާފައިނުވެ އެވެ. 

މިކަމާއި ގުޅިގެން އަދި މިހާތަނަށް އެމްއެންޑީއެފްގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ. ރައީސް ނަޝީދުގެ ސެކިއުރިޓީ ބަލަހައްޓަމުން ގެންދަނީ، އެމްއެންޑީއެފް އިންނެވެ. އެމަނިކުފާނަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއަށްފަހު ރައީސް ނަޝީދަށް ދެމުން އަންނަ ސެކިއުރިޓީ ވަނީ، ވަރުގަދަ ކޮށްފަ އެވެ. 

24%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
76%
ވަރަށް ސަލާމް
ކޮމެންޓްސް