ads
ޖާހްގެ ބިދޭސީ މުވައްޒަފުންތަކެއް
ޖާހް ކުންފުނި ގޮވައިގެން ޝުނާނާ ޕޮލިހަށް
ހިޔާނާތާއި، މަކަރާއި ހީލަތް އަދި ޓެކުމުގެ ކުށާއި ގުޅޭ މައްސަލަތަކެއް ތަހުގީގުކޮށްދިނުމަށް، ޖާހް ކުންފުންޏާ ދެކޮޅަށް މަޝްހޫރު ގާނޫނީ ވަކީލު މަރިޔަމް ޝުނާނާގެ ލޯފާމުން ފުލުސް އޮފީހަށާއި އެންޓި ކޮރަޕްޝަން ކޮމިޝަނަށް މައްސަލަ ހުށަހަޅައިފިއެވެ.

ހިޔާނާތާއި، މަކަރާއި ހީލަތް އަދި ޓެކުމުގެ ކުށާ ގުޅޭ މައްސަލަތަކެއް ތަހުގީގުކޮށްދިނުމަށް، ޖާހް ކުންފުންޏާ ދެކޮޅަށް ޝުނާނާގެ ލޯފާމުން ފުލުސް އޮފީހަށާއި އެންޓި ކޮރަޕްޝަން ކޮމިޝަނަށް މައްސަލަ ހުށަހަޅާފައިވަނީ އެ ލޯފާމުގެ 13 މުވައްކިލެއްގެ ފަރާތުން މިދިޔަ ބުދަ ދުވަހުއެވެ. ޝުނާނާގެ ލޯ ފާމުން ބުނި ގޮތުގައި އޭސީސީއަށާއި ފުލުސް އޮފީހުގެ އިތުރުން ރައްޔިތުންގެ މަޖިލީހާއި ޕްރައިވަޓައިޒޭޝަން ބޯޑަށްވެސް ޖާހު ކުންފުނި އަދި އެޗްޑީސީގެ މައްސަލަވަނީ ހުށަހަޅާފައެވެ.

އެޗްޑީސީގެ ފަރާތުން ހައުސިން ޔުނިޓްތަކެއް އެޅުމަށް ޕްރޮޖެކްޓެއް ޖާހް އިންވެސްޓްމެންޓުން ހޯދުމަށް ފަހު، ދިވެހި ރައްޔިތުންނަށް މަންފާއެއް ވާނެ ކަމަށް ދައްކައި، ދިވެހި ރައްޔިތުންނަށް އެޕާޓްމެންޓްތަކެއް ވިއްކުމަށް ފަހު، އެ މަސައްކަތް ނުނިންމައި ފައިސާއަށް ހިޔާނަތްތެރިވެފައިވާތީ ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހަޅާފައިވާނީ ޖާހް އިންވެސްޓްމެންޓްގެ ހިޔާނާތާއި މަކަރާއި ހީލަތާއި އަދި ޓެކުމުގެ ކުށާ ގުޅޭ މައްސަލަ ތަހުގީގު ކޮށްދެއްވުމަށް- ޝުނާނާ ލޯ ފާމް

ޝުނާނާ ލޯފާމުން ފުލުސް އޮފީހަށް ޖާހްގެ މައްސަލަ ހުށަހެޅިއިރު، އެޗްޑީސީގެ ޒިންމާ ނުއުފުލާ ކަމަށް ބުނެ އެ ކުންފުނީގެ މައްސަލަ އޭސީސީއަށާއި ރައްޔިތުންގެ މަޖިލީހަށް އަދި ޕްރައިވެޓައިޒޭޝަން ބޯޑަށް ހުށަހަޅާފައެވެ.

ޖާހް ކުންފުންޏާ ގުޅޭ މައްސަލައެއް ޕޮލިހަށް ހުށަހަޅާފައިވާއިރު، ޖާހް ކުންފުނިން މުވައްޒަފުންނަށް މުސާރަ ނުދޭ މައްސަލަވެސްވަނީ ފެންމަތިވެފައެވެ.

ޖާހު އަކީ ކުރިން ޖައުސާގެ ނަމުގައި ހިންގަމުން އައި ކުންފުންޏެވެ. ޖައުސާގެ ނަމުގައި ޑިސެމްބަރު 18، 1994 ގައި އުފެއްދި މި ކުންފުނީގެ ނަން "ޖާހު"އަށް ރީބްރޭންޑް ކޮށްފައި ވަނީ މީގެ ފަސް ވަރަކަށް އަހަރު ކުރިންނެވެ.  އެ ކުންފުނިން ވަނީ ރާއްޖޭގެ އެންމެ ކާމިޔާބު ކުންފުނިތައް ފާހަގަކޮށް ކޮންމެ އަހަރަކު ދެމުން އަންނަ "ގޯލްޑް ހަންޑްރެޑް" އެވޯޑު ޖެހިޖެހިގެން ތިން އަހަރު ހާސިލް ކޮށްފަ އެވެ.

60%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
40%
ވަރަށް ސަލާމް
ކޮމެންޓްސް