ads
ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ވަފުދުން ރައީސް ޑރ. މުހައްމަދު މުއިއްޒާ ބައްދަލުކުރައްވަނީ - ފޮޓޯ: ރައީސް އޮފީސް
ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ވަފްދެއް ރައީސްއާ ބައްދަލުކުރައްވައިފި
ޗައިނާގެ ކޮމިއުނިސްޓް ޕާޓީ (ސީޕީސީ)ގެ ސެންޓްރަލް ކޮމިޓީގެ އިންޓަނޭޝަނަލް ޑިޕާޓްމަންޓްގެ ދެކުނު އަދި އިރުދެކުނު އޭޝިއާގެ ކަންކަމާ ބެހޭ ބިއުރޯގެ ޑިރެކްޓާ ޖެނެރަލް ޕެންގް ޝިއުބިން އިސްވެވަޑައިގެން ހުންނެވި އެ ޕާޓީގެ ވަފުދެއް، ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރައްވައިފި އެވެ.
Advertisement

ރައީސް އޮފީހުން ބުނީ، ކޮމިއުނިސްޓް ޕާޓީ އޮފް ޗައިނާ (ސީޕީސީ)ގެ ބިއުރޯ ފޯ ސައުތު އެންޑް ސައުތު އީސްޓް އޭޝިއަން އެފެއާޒްގެ ޑިރެެކްޓަރް ޖެނެރަލް ޕެންގް ޝިއުބިން އިސްކޮށް ހުންނެވި އެ ވަފުދުން ރައީސާ ބައްދަލުކުރެއްވީ ރިޔާސީ ގަނޑުވަރު މުލީއާގޭގައި މިއަދު ހެނދުނު ކަމަށެވެ. 

ރާއްޖެ އާއި ޗައިނާ ހިއްސާކުރާ އުސޫލުތަކާއި ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގާތް ގުޅުން، އެ ބައްދަލުވުމުގައި ޕެންގް ފާހަގަކުރެއްވި ކަމަށާއި ރާއްޖެއަށް އިސްލާހީ ބަދަލުތައް ގެންނަވަން ރައީސް މުއިއްޒު ކުރައްވާ މަސައްކަތްޕުޅަށް ތައުރީފުކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ޗައިނާއިން ރާއްޖެއާއެކު ބާއްވަމުން އަންނަ ޒަމާންވީ އެކުވެރި ގުޅުމަށާއި، ރާއްޖެއަށް ވެދެއްވަމުން ގެންދަވާ ބޮޑެތި އެހީތެރިކަމަށްޓަކައި އިހުލާޞްތެރިކަމާއެކު ޝުކުރު އަދާކުރެއްވި އެވެ.

އަދި ދެ ގައުމުގެ ދޭދޭ ގުޅުމަކީ ފުރިހަމަ އިސްތިރާޖީ ޕާޓްނާޝިޕެއްގެ ގޮތުގައި ސިފަކުރައްވައި، ރާއްޖޭގެ އިގްތިޞާދީ ކުރިއެރުމަށް ޗައިނާއިން މެދުކެނޑުމެއްނެތި ދެއްވަމުން ގެންދަވާ އެއްބާރުލުން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;