ads
ދެ ދާއިރާއެއް ވޯޓު އެއް ފޮއްޓަކަށް ލާތީ ހަމަނުޖެހުން ބޮޑުވެއްޖެ
ދެ ދާއިރާއެއް ވޯޓު އެއް ފޮއްޓަކަށް ލާތީ ބައެއް ވޯޓުލާ މަރުކަޒުތަކުގައި ހަމަނުޖެހުން ބޮޑުވެއްޖެ އެވެ.

އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން ފަށަން އޮތީ މިއަދު ހެނދުނު 09:00 ގައެވެ. އެކަމަކު، ގިނަ މަރުކަޒުތަކުގައި އަދި ވޯޓުލުން ނުފެށެ އެެވެ. 

ވޯޓުލުން ފެށުން ލަސްވަމުންދަނީ، ބައެއް ސަރަހައްދުތަކުގައި ބަހައްޓާފައިވާ ވޯޓު ފޮށިތަކަށް ދެ ދާއިރާގެ ވޯޓު އަޅަން ޖެހުމުގެ ސަބަބުން އުފެދިިފައިވާ ހިޔާލު ތަފާތުވުންތަކާއި ގުޅިގެން ނެވެ. 

އެގޮތުން:

  • އިސްކަންދަރު ސްކޫލުގައި ބަހައްޓާފައި ހުރި ދުވާފަރު/އަލިފުށި ފޮއްޓަށް އެ ދެ ދާއިރާގެ ވޯޓު ލާން ހަމަޖައްސާފައި އޮތުމުން އެތަނުގައި ދަނީ ހިތްހަމަ ނުޖެހުންތައް ފާޅުކޮށް، ޒުވާބުވެސް ކުރަމުން
  • ތާޖުއްދީން ސްކޫލުގައި ބަހައްޓާފައި ހުރި ތިނަދޫ ދާއިރާގެ ވޯޓު ފޮށީގައި ވެސް ހަމަ މިމައްސަލަ ޖެހިގެން ޝަކުވާތައް ބޮޑުވެފައިވޭ
  •  އިއްޒުއްދީން ސްކޫލުގައި ވޯޓުލުން ކުރިއަށް ގެންދަން ހަމަޖެހިފައިވާ އައްޑޫގެ ދާއިރާގެ ވޯޓުލުންވެސް މިމައްސަލަ އާއި ހެދި ނުފެށި ލަސްވި

މި ޕްރައިމަރީގެ ވޯޓުލުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހުން ފާޅުކޮށް ދެ ކެންޑިޑޭޓުންގެ މަންދޫބުންގެ ފަރާތުންވެސް ހިތްހަަމަ ނުޖެހުންތައް ފާޅުކުރަމުން އެބަދެ އެވެ. ހާއްސަކޮށް ނަޝީދުގެ މަންދޫބުންގެ ފަރާތުން ގިނަ މައްސަލަތަކެއް ދަނީ ފާހަގަކުރަމުން ނެވެ.

އެގޮތުން ލ. މުންދޫގައި ރައީސް ނަޝީދުގެ މަންދޫބުން ނެތި ވޯޓުލުން ފެށި މައްސަލަ ފާހަގަކޮށްފައި ވެއެވެ. އަދި މާލޭގައި ބެހެއްޓިފައި ހުރި، ގަލޮޅުގެ ރައްޔިތުން ވޯޓުލާން ހަމަޖައްސާފައި ހުރި، ދެ ފޮށީގެ ނަމާއި ނަމްބަރު ދިމާ ނުވާކަމަށް ބުނެވެސް ކަންބޮޑުވުންތައް ފާޅުކޮށްފައި ވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް