ދުބާއީ ފުލުހުންބުނީ ބުދަ ދުވަހު ކުރި ވިއްސާރާގައި އެސިޓީގެ އާއްމުން އެކި ބޭނުންތަކަށް އެހީތެރިކަމަށް އެދި ގަޑިއެއްހާއިރުތެރޭ ފުލުހުންގެ އެމަޖެންސީ ނަމްބަރުތަކަށް 16610 ކޯލް ކޮށްފައިވާކަމަށެވެ.
ފުލުހުންބުނީ ދުބާއީއަށް މޫސުން ގޯސްކޮށް އޮންނަތާ ހަފްތާއެއްވަރު ވެފައިވާކަމަށާއި ނަމަވެސް ބުދަ ދުވަހު އާދަޔާހިލާފަށް ވާރޭ ވެހުނު ކަމަށެވެ."
ދުބާއީ ފުލުހުންގެ ކޮންމާންޑް އެންޑް ކޮންޓްރޯލް ސެންޓަރުގެ އެކްޓިން ޑައިރެކްޓަރު ލެފްޓިނެންޓް ކާނަލް ބިލާލް އަލް ތަޔަރް ވިދާޅުވިއެވެ.
ދުބާއީއަށް ވިއްސާރަވެ މޫސުން ގޯސްވެފައިވާތީ މޫސުމަށް ސަމާލުވުމަށާއި ދަތުރުފަތުރުކޮށް އުޅޭއިރުވެސް ސަމާލުކަން ދިނުމަށް ފުލުހުން އެދެއެވެ.