ads
މަޖިލިސް ހުޅުވާ ޖަލްސާއަކަށް ރައީސް ވަޑައިގަންނަވަނީ
ރިޔާސީ ބަޔާން އިއްވަން އަންނަ ހަފްތާގެ ހޯމަ ބަންދު
ފެބްރުއަރީ މަހުގެ ހަ ވަނަ ދުވަހަކީ މި ދައުރަށް ރައްޔިތުންގެ މަޖިލިސް ހުޅުވާ، ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން ދެއްވާ ދުވަސްކަމުން އެދުވަހަކީ ސަރުކާރު ބަންދު ދުވަހެއްކަމަށް ކަނޑައަޅައިފިއެވެ.

އަންނަ ފެބްރުއަރީ މަހުގެ ހަ ވަނަ ދުވަސް ދިމާވަނީ އަންނަ ހަފްތާގެ ހޯމަދުވަހަށެވެ.

އާ އަހަރަށް ރައްޔިތުންގެ މަޖިލިސް ފެށުމާއި ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ، މީގެ ކުރިންވެސް ބަންދު ދުވަހެކެވެ.

ގާނޫނު އަސާސީގެ 84 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތުން:

"ކޮންމެ އަހަރެއްގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާންކޮށްދީ، ގައުމުގެ ހާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައްޔިތުންގެ މަޖިލީހަށް އިއްވަވަންވާނެ" އެވެ.

މިއަހަރުގެ ރިޔާސީ ބަޔާން އިއްވެވުމަށް ބާއްވާ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާ ފެބްރުއަރީ 6 ވަނަ ދުވަހުގެ ހެނދުނު 9:00 އަށް މިހާރުވަނީ އެޖެންޑާކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް