ފޮރުން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ ނުބައި ހަޑިމުޑުދާރު އަމަލު ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކުރެއެވެ.
އިސްލާމޯފޯބިއާގެ (މުސްލިމުންނާ މެދު ނަފްރަތް އުފެއްދުމުގެ) މި ބިރުވެރި އަމަލުތަކުގެ ސަބަބުން ސުލްހަ އާއި އެއްބައިވަންތަކަމާ އެކު ދިރިއުޅުމަށް ހުރަސް އެޅޭކަމަށް ވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.
މިއީ ކީރިތި ޤުރުއާނުގެ ކޮޕީއެއް ރަސްމުސް އަންދާލި ދެ ވަނަ ފަހަރެވެ. މިގޮތުން މިމަހުގެ މެދު ތެރޭގައި ސްވެޑެންގައި ތުރުކީ އެމްބަސީ ކުރިމަތީގައި ކުރި މުޒާހަރާއެއްގެ ތެރެއިން ވެސް މި ހައްދު ފަހަނަ އެޅި ރަސްމަސް ވަނީ ހަތިމެއް އަންދާލާފައެވެ. އދ އިން ވެސް ވަނީ މި އަމަލު ކުށްވެރިކޮށްފައެވެ.