ރާއްޖޭގެ ހަ ސަރަހައްދެއްގައި އެއާޕޯޓް އަޅަން ނިންމާ ފައިނޭންސް ހޯދުމުގެ މަސައްކަތް ސަރުކާރުން ފެށީ މިދިޔަ އަހަރުއެވެ. އެ މަސައްކަތަށް ފައިނޭންސް ހޯދަން ނިންމާފައިވަނީ ކްރޮސް ސަބްސިޑީސްގެ އުސޫލުންނެވެ.
މީގެތެރެއިން ހަތަރު ރަށުގެ އެއާޕޯޓް އަޅާ ބިން ހިއްކާނެ ފަރާތްތަކުގެ ބިޑް ފިނޭންސް މިނިސްޓްރީއާއި ގުޅިގެން އިވެލުއޭޓް ކުރަމުން ގެންދާކަމަށް ބުނި ނަމަވެސް އެކަމުގެ ތަފްސީލް ހައުސިން މިނިސްޓްރީން ނުދެއެވެ.
ހދ މަކުނުދޫއާއި ށ ބިލެތްފައްސާއި ބ ތުޅާދޫ އަދި ތ ވިލުފުށީގައި އެއާޕޯޓްއަޅަން ބޭނުންވާ ބިން ހިއްކައިދޭން ބިޑް ހުށަހެޅިއިރު، މި ރަށްރަށާއިއެކު ފައިނޭންސް ހޯދަން ފެށުނު ރ އަތޮޅު ދެކުނު އެއާޕޯޓާއި ފ މަގޫދޫ އެއާޕޯޓްގެ ބިން ހިއްކަން ފައިނޭސްކުރާނެ ބަޔަކު ލިބުނު ކަމެއް ހައުސިން މިނިސްޓްރީން އަދި ނުބުނެއެވެ.