ads
ފުލުހުންގެ ތަހުގީގަކަށް ހާޒިރުވެވަޑައިގަތުމަށްފަހު ކުރީގެ ރައީސް ޔާމީން (ކ) އަދި އެ މަނިކުފާނުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. ޖަމީލް ސަލާމްކުރައްވަނީ.-- ފައިލް ފޮޓޯ: މިހާރު
ޔާމީންއަށް އިވާފައިވާ ހުކުމުން އެކައްޗެއްވެސް ފަހުމެއް ނުވޭ، ވަގުތު ނަގާނެ: ވަކީލުން
ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް މިދިޔަ މަސްތެރޭ އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުން އެއްވެސް އެއްޗެއް ފަހުމުނުވާ ކަމަށާއި، އިސްތިއުނާފު ކުރުމަށް އަދި ވަގުތު ނަގާނެ ކަމަށް އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަކީލުން ވިދާޅުވީ، މައްސަލާގައި ހިމެނޭ ބައެއް ލިއުންތައް ކޯޓަށް ހުށަހަޅާފައި ނެތްކަން އެ މައްސަލަ ޓީމުން ދިރާސާކުރި ފާހަގަކުރެވިފައިވާ ކަމަށެވެ. 

އެހެންވެ، ގާނޫނީ ޓީމުން އެމައްސަލަ އިސްތިއުނާފު ކުރުމަށް މަސައްކަތްކުރަމުންދަނީ އަތުޖެހެން އެފަދަ ހުރި ހުރިހާ ލިއުމެއް އެކި ދިމަދިމާއިން ހޯދައިގެން ކަމަށް ވަކީލު ވިދާޅުވި އެވެ. 

"ހަގީގަތުގައި މިމައްސަލަ ކޯޓުން ނިންމާފައި މިވަނީ ވަރަށް ބޮޑު މައްސަލަގަޑެއް ގޮތަށް. މިޔަކުން ހަމަ އެކައްޗެއްވެސް ވަތްކެތް ނުވޭ. ހަމަ ބައިިވަރު އެއްޗެހިތަކެެއް ބަޔާންކޮށްފައި އެކަތި އަނެކައްޗާއި ގުޅެނީ ކިހިނެތްކަންވެސް ބަޔާންކުރުމަކާއި ނުލައި، އާނ، ސާބިތުވެޔެއޭ ކިޔައި ހުކުމް ކޮށްފައި އޮތް މައްސަަލައެއް މިއީ،" ވަކީލު ވިދާޅުވި އެވެ.

ޔާމީންގެ މައްޗަށް ހުކުމު ކުރެވުނު ދުވަހު ބޭއްވި ވަކީލުންގެ ބައްދަލުވުމުގައި ވަކީލުން ފާހަގަކުރީ ވީހާވެސް އަވަހަކަށް އެމައްސަލަ އިސްތިއުނާފު ކުރާނެ ކަމަށެވެ. ނަމަވެސް އެމައްސަލަ އިސްތިއުނާފު ކުރުން ލަސްވަމުންދިއުމުން އުފެދުނު ކަންބޮޑުވުންތަކަށް ވަކީލުންގެ ޓީމުން ދެއްކި އުޒުރަކީ ހުކުމްގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓާ އެކު މަހުޟަރު ބަޔާންތައް ކޯޓުން ހަވާލުކޮށްފައި ނުވުމެވެ. 

އެ ހުރިހާ ބަޔާންތައް ގާނޫނުގައި ބުނާ 14 ދުވަސްތެރޭ ކޯޓުން މިމަހުގެ 15 ވަނަ ދުވަހު ވަނީ އެ ޓީމާއި ހަވާލުކޮށްފައެވެ. މިއަދު ވަކީލުންގެ ޓީމުން ބޭއްވި ބައްދަލުވުމުގައި ވިދާޅުވީ، އެ ހުކުމަކީ ކްރިމިނަލް ކޯޓުން "މޮޑެފައިވާ މަސްހުނި ގަނޑެއް" ކަމަށާއި، އިސްތިއުނާފަށް "ފުދޭވަރަކަށް ވަގުތު ނަގާނެ" ކަމަށެވެ. 

"އެހެންވީމައި އެ އަމުނާފައި އޮތް އެމުނުންތައް ނުވަތަ މޮޑެފައި އޮތް މަސްހުނި ގަނޑު ސާފުކުރުމަށްޓަކައި ފުދޭވަރަކަށް ވަގުތު އެބަ ނަގާ. އިރާދަކުރެއްވިއްޔާ ވަރަށް އަވަސް މުސްތަގުބޮލެއްގައި އަޅުގަނޑުމެން މިމައްސަލަ ނިންމާނަން،" ވަކީލު ވިދާޅުވި އެވެ.

ހުކްމް އިސްތިއުނާފް ކުރުމުގެ މަސައްކަތް ޔާމީންގެ ވަކީލުންގެ ޓީމުން ކުރަމުންދާއިރު، އިސްތިއުނާފަށް ހުށަހެޅުމަށް ބަންދު ދުވަސްތަކާއި ނުލައި ގާނޫނުގައި ބުނާ 60 ދުވަސް ލިބޭނެ އެވެ. މިހާރު އޮތީ 48 ދުވަހުގެ މުއްދަތެކެވެ.

ވ.އާރަށު މައްސަލާގައި 11 އަހަރުގެ ޖަލު ހުކުމެއް ޔާމީންގެ މައްޗަށް އިއްވީ ޕީޕީއެމްގެ ރިޔާސީ ޓިކެޓު އެމަނިކުފާނާއި ހަވާލުކޮށް، ވަރުގަދަ ކެމްޕެއިންތަކެއް ކުރަމުން ދަނިކޮށް މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ.
ޔާމީން އަށް އައި ޖަލު ހުކުމާއި ގުޅިގެން އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލިދާނެ ކަމުގެ ބިރުހީވެފައިވާ މިދަނޑިވަޅުގައި އެ ހުކުމް އަވަަހަށް އިސްތިއުނާފު ނުކޮށްފިނަމަ ރިޔާސީ ޓިކެޓު އެމަނިކުފާނަށް ގެއްލިދާނެ އެވެ. މިއަހަރުގެ އިންތިހާބަށް ކެންޑިޑޭޓުންގެ ނަން ހުށަހެޅުން ޖުލައި މަސްތެރޭ ހުޅުވާލާއިރު އެމުއްދަތު އޮގަސްޓަށް ހަމަވާނެ އެވެ.

83%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް