ads
ޔާމީން އަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވި
2022: ޔާމީނަށް ރިޔާސީ ޓިކެޓު ލިބުމާއި، އަލުން ޖަލަށް ދާން ޖެހުން
ނިމިިދިޔަ 2022 ވަނަ އަހަަރަކީ ސިޔާސީ ހުރިހާ ކުލަވަރެއް ފެނިގެންދިޔަ އަހަރެކެވެ. ނުހަނު ހިތްވަރުން މިދިޔަ އަަހަރު ފަހުކޮޅު މިނިވަން ކުރެވުނު އިދިކޮޅުގެ ލީޑަރު މިއަހަރު ފަހުކޮޅު އަލުން ޖަލަށް ދާން ޖެހި އިދިކޮޅު ޕީޕީއެމް/ޕީއެންސީ އަލުން ވަނީ މަގުމަތިވެފަ އެވެ. މި ލިއުމުގައި މި ބަލާލަނީ 2022 ވަނަ އަހަރު ސިޔާސީ މަޝްރަހުން ފާހަގަކުރެވިގެންދިޔަ މުހިންމު ކަންކަމަށެވެ.

19 އޯގަސްޓް 2022 ގައި ކާނިވާ ސަރަހައްދުގައި ކުރިއަށް ދިޔަ "ހަވާލޭ ވަތަން" ޖަލްސާގައި އޮިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓެއްގެ ގޮތުގައި 2023 ގައި ވާދަކުރެއްވުމަށް ރައީސް ޔާމީން އާއި ރިޔާސީ ޓިކެޓު ހަވާލު ކުރެއްވި އެވެ. ނަމަވެސް ޓިކެޓާއި ހަވާލުވުމަށްފަހު، ޕޯޑިއަމަށް އަރާ ދެއްކެވި ވާހަކަފުޅުތެރޭ ރައީސް ޔާމީން ވިދާޅުވީ، އެއީ އެންމެ އުފަލުން އުފުލޭނެ ޒިންމާއެއް، ނުވަތަ މަސްއޫލިޔަތެއް ކަމުގައި މިއަދު ގަބޫލުނުކުރައްވާ ކަމަށެވެ. ސަބަބަކީ ގައުމުގެ ހާލަތު މިހާރު އޮތްގޮތުން އެކަމަކީ އާއިލާއިންވެސް އެންމެ ރުހޭ ކަމަކަށް ނުވުމެވެ. އަދި ހުދު އެމަނިކުފާނުވެސް އެމަސްއޫލިއްޔަތު އުފުލަން އިތުރަށް ބޭނުން ނުވުމެވެ. ނަމަވެސް ހަަމަ އެނޭވާގައި އެއީ ދޫކޮށް ނުލެވޭނެ، ޒިންމާއެއް ކަމާއި، ހަވާލުވުން މަޖުބޫރު މަސްއޫލިއްޔަތެއް ކަމުގައިވެސް ވިދާޅުވި އެވެ.

އަދި އެހެން ސަބަބެއްވެސް އޮތެވެ. އެމްޑީޕީ ސަރުކާރު ހަވާލުވުމާއިއެކު އެމަނިކުފާނުގެ މައްޗަށް ފުލުފުލުގައި ހިންގަވަމުން ގެންދަވާ ޝާރީއަތްތަކުގެ ސަބަބުން ނެވެ. އެމަނިކުފާނު ހުންނެވީ މާދަމާވެސް ޖަލަށް ދާން ޖެހިދާނެ ކަން ޔަގީންކޮށްގެން ނެވެ. ނަމަވެސް އެފަދަ ފުރުސަތެއް ސަރުކާރަށް ނުދޭންވެސް ވަރަށް ހިތްވަރު ކުރެއްވި އެެވެ. އެގޮތުން ރިޔާސީ ޓިކެޓު ލިބުމާއިއެކު ގާނޫނާއި ހިލާފުވާން ބޭނުންފުޅުނުވާކަމަށް ވިދާޅުވެ، އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކުރިއަށް ގެންދާ “އިންޑިއާ އައުޓް” ހަރަކާތާއި، 03 ސެޕްޓެމްބަރ 2022 ގައި އެ ޕާޓީގެ ލީޑަރު ޔާމީން ފެޔަށް ޖެހިވަޑައިގެން ނެވިި ވެސް މެއެވެ. 

އެހެނަސް، 25 ޑިސެމްބަރ 2022 ވަނަ ދުވަހު، ވ. އާރަށު މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް އުފުލި ދެ ދައުވާވެސް ސާބިތުވެ ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއަކާއިއެކު 11 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކުރި އެވެ. ކޯޓުގައި ބޭއްވި އަޑުއެހުމުގައި މަނީ ލޯޑަރިންނާއި، ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ ސާބިތުވާ ކަމަށް ރައީސް ޔާމީން މައްޗަށް ކަނޑައެޅި އެެވެ.

ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ ދައުވާގެ އަސާސީ އަދަބަކީ ތިން އަހަރާއި ދެ މަހެވެ. އަދި މަނީ ލޯންޑަރިންގެ ދައުވާގެ ކުށުގެ އަދަބުގެ އެންމެ ކުޑަ މިންވަރަކީ ފަސް މަސް ދުވަހެވެ. ނަމަވެސް ދައުލަތުން އެދުނީ އެ ދެ ކުށުގެ އަދަބުވެސް ބޮޑުކޮށްދެވެން އޮތް އެންމެ ބޮޑެއް ކޮށްދިނުމަށެވެ. އެގޮތުން 19 އަހަރުގެ ޖަލު ހުކުމެއް ކަނޑައަޅައި ދިނުމަށް ދައުލަތުން އެދުނެވެ. 

މައްސަލައިގެ އަދަބު ކަނޑައެޅުމަށް ބޭއްވި އަޑުއެހުމުގައި ޝަރީއަތުން ހުކުމް ކުރީ:

  •  ރިޝްވަތުގެ ކުށަށް ހަތަރު އަހަރު 
  • މަނީ ލޯޑަރިންގެ ކުށަށް ފަސް މިލިއަން ޑޮލަރު( 77 މިލިއަން ރުފިޔާ) ގެ ޖޫރިމަނާ އަކާއިއެކު ހަތް އަހަރުގެ ޖަލު ހުކުމެއް
  • އެއީ ޖުމްލަ 11 އަހަރުގެ ޖަލު ހުކުމެކެވެ.

your imageޔާމީން ޖަލަށް ގެންދަނީ——ފޮޓޯ: އަދަދު

ރިޔާސީ އިންތިހާބަށް ގަދައަށް ކެމްޕެއިންތައް ކުރައްވަމުން ދަނިކޮށް 11 އަަހަރުގެ ޖަލު ހުކުމެއް ޔާމީންގެ މައްޗަށް އިއްވި ނަމަވެސް، އެކަމަށް ޔާމީން ހުންނެވީ ދުރާލާ ތައްޔާރުވެގެން ނެވެ. އެހެންވެ، ހުކުމް ކުރުމާ ގާތްވެފައިވަނިކޮށް، ޔާމީންގެ ގެކޮޅު، ހ. ދޫވެހީގަގައި ޕީޕީއެމްގެ ލީޑަޝިޕްގެ ބޭފުޅުންނާ ބައްދަލު ކުރެއްވި ކަމަށް މައުލޫމާތު ލިބުނެވެ. އެ ބައްދަލުވުމުގައި ރައީސް ޔާމީން އެދިވަޑައިގެންނެވީ އެ ޖަލަށް ލެއްވިޔަސް އެންމެން ޓިކެޓާއި ހިފައި ނުގަނެ، އެމަނިކުފާނު މިނިވަން ކުރަން ކުރެވެން ހުރި މަސައްކަތް ކޮށް ދެއްވުމަށް ކަމަށް ވެއެވެ.

ޔާމީން ޖަލަށް ލުމާއިއެކު އިދިކޮޅުން ބުނީ، އެ ހުކުމް އިސްތިއުނާފް ކުރާނެ ކަމަށެވެ. އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑަސީ ބަދަލު ނުވާނެ ކަމަށެވެ. އިދިކޮޅުން ގަބޫލުކުރަނީ އެ ހުކުމަކީ އަންނަ 2023 ގެ ރިޔާސީ އިންތިހާބުގެ ރޭހުން ޔާމީން އެކަހެރި ކުރުމަށް ދުރާލާ ރާވައިގެން އިއްވި "ހަރާމް ހުކުމެއް" ކަމަށެވެ. 

ޖަލު ހުކުމް ތަންފީޒު ކުރުމަށް ދެވަނަ ފަހަރަށް ޔާމީން މާފުށީ ޖަލަށް ގެންދިއުމާއިއެކު އަނެއްކާވެސް އިދިކޮޅުން ވަނީ މަގުމަތީ މުޒާހަރާތައް ފަށާފަ އެވެ. އިދިކޮޅުން ބުނަނީ، ޔާމީންގެ ނަން ނެތް އިންތިހާބެއް ނުބޭއްވޭނެ ކަމަށެވެ.

45%
ކަމުގޮސްފި
18%
އަޑުއެހިތާ މިހުރީ
18%
ސަތޭކައަކުން ސުމެއް
18%
ވަރަށް ސަލާމް
ކޮމެންޓްސް