ރެލިގޭޝަންގެ ބިރު ބޮޑުވެފައި އޮތް އެވަޓަންގެ ކޯޗަކަށް ޑައިޝް، އެވަޓަންގެ ކޯޗަކަށް ހަމަ ޖެއްސިއިރު، އެ މަގާމަށް ގެންނަށް އެންމެ ބޮޑަށް ބެލީ ކުރިން ލީޑްސް ޔުނައިޓެޑްގެ ކޯޗަކަށް ހުރި މާސެލޯ ބިއެލްސާއެވެ.
ބާންލީގެ ކޯޗެއްގެ ގޮތުގައި 10 އަހަރު ހޭދަކުރި ޑައިޝް، ލަމްޕާޑު ވަކިކޮށް އެވަޓަންގެ ކޯޗުކަމާ ހަވާލުވިއިރު، އެ ޓީމު އޮތީ ތާވަލްގެ ފުލުން ދެ ވަނައިގައެވެ. އަދި މި ނަތީޖާއާއެކު އެވަޓަން، އަށް ވަނީ 1954 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް، އިނގިރޭސި ފުޓްބޯޅައިގެ އެންމެ މަތީ ޑިވިޝަނުން ރެލިގޭޓްވުމުގެ ބިރު ބޮޑުވެފަ އެވެ.
ޑައިޝް އެވަޓަންއާ ހަވާލުވީ ދެ އަހަރާއި ބައިގެ އެއްބަސްވުމެއް ދަށުންނެވެ. ޑައިޝްގެ އިރުޝާދުގެ ދަށުން އެވަޓަން ކުޅޭ ފުރަތަމަ މެޗަކަށް ވާނީ ލީގުގައި ހޮނިހިރު ދުވަހު އަމިއްލަ ދަނޑުގައި އާސެނަލްއާ ދެކޮޅަށް ކުޅޭ މެޗެވެ.