ads
މަތިވެރީން ގެއްލިގެން ހޯދަމުންދާ ހަސަންފުޅު
މަތިވެރީން 73 އަހަރުގެ މީހަކު ގެއްލިއްޖެ، ފޯން އޮތީ ގޭގައި، ވޮލެޓެއް ނެތް!
އއ. މަތިވެރީން 73 އަހަރުގެ މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
Advertisement

ގެއްލިގެން ހޯދަމުންދަނީ ހަސަން އަލީ(ހަސަންފުޅު) ނަމަކަށް ކިޔާ މީހެކެވެ. 

އެ ރަށު ކައުންސިލުގެ ރައީސް އަހްމަދު އަސްލަމް "ސީީއެންއެމް" އަށް މައުލޫމާތު ދިން ގޮތުގައި، އޭނާ ސީދާ ގެއްލުނީ ކިހާ އިރަކު ކަމެއް ސާފުކޮށް ބުނެދޭކަށް ނޭގެއެވެ. ބައެއް މީހުން ބުނާގޮތުން އޭނާ އެންމެ ފަހުން ފެނުނީ އަސަރު ނަމާދަށް އަރަނިކޮށެވެ. އަނެއްބަޔަކަށް މަގުރިބު ނަމާދަށް އަރަނިކޮށް ވެސް ފެނިފައި އެބަހުއްޓެވެ.

އަސްލަމް ވިދާޅުވީ، މިހާތަނަށް ބެލިބެލުމުން އާންމުކޮށް ގެންގުޅޭ ދުފާ ތަބަކާއި، ފޯނުވެސް ގޭގައި އޮތްކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ނެތީ ވޮލެޓު ކަމަށެވެ. 

"ވޮލެޓެއް ނެތް. ފޯނު ބާއްވާފައި އާންމުކޮށް ދަނީ ނަމާދަށް ދާނަމަ. ނަމާދަށް ގޮސްފައި. މޫދަށް އެރިލައި ހަދާލައިގެންވެސް ބައެއް ދުވަސް ދުވަހު އާދޭ. އެކަމަކު އަޅުގަނޑުމެންނަކަށް ސީދާ ޔަގީނެއް ނޫން އަދި އިއްޔެ ހަރަކާތްތައް ހުރީ ކިހިނެތް ކަމެއް، " ކައުންސިލު ރައީސް ވިދާޅުވި އެވެ.

އެންމެފަހުން ބައްދަލުވި މީހެއް ކަށަވަރުކުރެވޭގޮތް ނުވުމުން އާއިލާއާއި ކައުންސިލް އަދި ފުލުހުން ގުޅިގެން އަދިވެސް ދަނީ އެމައުލޫމާތުތައް ހޯދައި ރަށުގެ ސަރަހައްދުތަކާއި މޫދު ވެސް ހޯދަމުން ނެވެ.

އޭނާގެ އެއްބަނޑު ދެ މީހުންނާއި، ހަ ދަރީން ދުނިޔޭގައި އެބަތިއްބެވެ. ހަސަންފުޅު ދިރިއުޅެމުންދަނީ ހަ ދަރީންނާއި ކާފަ ދަރީންނާއިވެސް އެކު އެއް ގެއްގައެވެ. ކައުންސިލުގެ ރައީސް ވިދާޅުވިގޮތުން އާންމުކޮށް ރަށުން ބޭރަށް ދާނަމަ ދާނީ އެއަތޮޅު މާޅޮސް އަށެވެ. ތިނެއް ޖަހާއިރު ފުރާ އެ ފެރީންވެސް އޭނާ ކައިރި ރަށަކަށް ގޮސްފައިވާކަން އެގިފައެއް ނެތެވެ.

ކައުންސިލް ރައީސް  އަސްލަމް އާއި ހަސަންފުޅާއި އިއްޔެގެ ވަގުތެއްގައިވެސް ބައްދަލުވި އެވެ. ދެއްކީ އަމިއްލަ ވާހަކަތަކެކެވެ. އަސްލަމް ވިދާޅުވީ މާބޮޑަށް ބަލިވެ ވެސް ނޫޅޭ ކަމަށާއި، އެކަމަކު ލޭމައްޗަށް ދާތީ މިފަހުން ޑޮކްޓަރަށް ދެއްކިކަމަށެވެ.

މަތިވެރީން ވީނުވީއެއް ނޭނގި މީހަކު ގެއްލުނު މިއީ ދެވަނަ ފަހަރެވެ. މީގެ ކުރީން 12 އަހަރުގެ ކުޑަކުއްޖަކުވެސް އެރަށުން ގެއްލުނެވެ. އެކަމަކު އެއީ 2000ގެ އަހަރުތަކުގަ އެވެ. މިހާތަނަށް އެކުއްޖާ ފެނިފައެއް ނުވެ އެވެ. 

16%
ކަމުގޮސްފި
26%
އަޑުއެހިތާ މިހުރީ
55%
ސަތޭކައަކުން ސުމެއް
3%
ވަރަށް ސަލާމް
ކޮމެންޓްސް