ads
ކ. ތުލުސްދޫ
ޑިންގީ އެއް ދަށުވެ ފަތުރުވެރިއަކު މަރުވުން: ޑިންގީ ދުއްވި މީހާ ގޭ ބަންދަަކަށް!
ސްނޯކްލިންއަށް ގޮސް އުޅެނިކޮށް ޑިންގީއެއް ދަށުވެ ފަތުރުވެރިއަކު މަރުވި މައްސަލާގައި ޑިންގީ ދުއްވަން އިން މީހާ ހައްޔަރުކުރުމުން ކޯޓުން ގޭބަންދަށް ބަދަލުކޮށްފިއެވެ.

އެމައްސަލާގައި ހައްޔަރުކުރީ 45 އަހަރުގެ ދިވެއްސެކެވެ. ފުލުހުން ބުނީ އެއީ ޑިިންގީ ދުއްވަން އިން މީހާ ކަމަށެވެ. 

ފުލުހުން މިއަދު "ސީއެންއެމް" އަށް ބުނީ، ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކުރީ އިއްޔެގެ ވަގުތެއްގައި ކަމަށާއި، ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހުގެ ގޭބަންދަކަށް ދޫކޮށްލާފައި ވާ ކަމަށެވެ. 

ކ. ތުުލުސްދޫ ކައިރިއިން މި ހާދިސާ ހިނގާފައިވަނީ މިދިޔަ އާދިއްތަ ދުވަހު އެވެ. ހާދިސާގައި މަރުވީ ޕޮލެންޑުގެ އުމުރުން 52 އަހަރުގެ ފިރިހެން ފަތުރުވެރިއެކެވެ. އޭނާ ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފައެވެ.

މައުލޫމާތު ލިބޭގޮތުން އޭނާގެ ގައިމަތިން ޑިންގީ ދިއުމުގެ ސަބަބުން، ފަތުރުވެރިޔާގެ އަތް ވަނީ ބުރިވެފަ އެވެ. އެ އަތް ފެނިފައެއް ނުވެ އެވެ. މި ހާދިސާގައި އޭނާގެ ފަޔާއި ބަނޑުވެސް ވަރަށް ބޮޑަށް ކަފައިގެން ގޮސްފައިވާ ކަމަށް ވެއެވެ. ބަނޑު ކަފައިގެން ދިއުމުގެ ސަބަބުން ގޮހޮރުވެސް ވަނީ ނިކުމެފަ އެވެ. 

ޑިންގީއެއް ގައިމައްޗަށް އަރައި ފަތުރުވެރިއަކު މަރުވެފައިވާއިރު، މިދިޔަ ސެޕްޓެމްބަރު މަސްތެރޭގައިވެސް ވަނީ ހުޅުމާލެއަށް ވަންނަ ނެރާ ދިމާ ފަޅުތެރެއިން ލޯންޗަކާއި ޑިންގީއެެއް ޖެހި ހިނގި އެކްސިޑެންޓެއްގައި އެކެއްގެ ގައިމައްޗަށް ލޯންޗު އެރުމުގެ ސަބަބުން ވަރަށް ބޮޑަށް ޒަހަމުވެފަ އެވެ. އެ ހާދިސާގައި ހަތަރު މީހަކަށް އެކިވަރުގެ އަނިޔާ ލިބުނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް