ads
ބްރޯޑްކޮމްގެ ބައްދަލުވުމެއްގެ ތެރެއިން
ބްރޯޑްކޮމްގެ މެމްބަރުކަމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

ރައީސް އޮފީހުން ބުނީ ބްރޯޑްކޮމްގެ މެމްބަރުކަމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރީ އެކަމަށް މުއްދަތު ހަމަވާ ދުވަހަކީ ބަންދުދުވަހަކަށްވާތީ ކަމަށެވެ.

ކުރިން އޮތްގޮތުން ބުރޯޑްކޮމްގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވާނީ މިމަހުގެ ހައެއް ވަ ހޯމަ ދުވަހަށެވެ. ނަމަވެސް އެދުވަހަކީ މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވާ ދުވަހަށްވާތީ، އެދުވަސް މިހާރުވަނީ ސަރުކާރު ބަންދު ދުވަހެއްކަމަށް ކަނޑައަޅާފައެވެ.

އެހެންކަމުން މިމަހުގެ އަށެއް ވާ ބުދަ ދުވަހުގެ މެންދުރު 12:30ގެ ނިޔަލަށް މުއްދަތު އިތުރުކޮށްފައިވާކަމަށް ރައީސް އޮފީހުން ބުނެއެވެ.

ބްރޯޑްކޮމްގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލީ އެކޮމިޝަނުގެ މެމްބަރު އަދި ނައިބު ރައީސްކަމުގެ މަގާމުގައި ހުންނެވި އަހުމަދު ގައިސް އެމްޑީޕީގެ ޕްރައިމަރީއާއި ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕެއިންގައި ބައިވެރިވުމަށް ކޮމިޝަންގެ މެމްބަރުކަމުން އިސްތިއުފާ ދެއްވުމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް