ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކުރީ އިއްޔެގެ ވަގުތެއްގައި ކަމަށާއި، ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހުގެ ގޭބަންދަކަށް ދޫކޮށްލާފައި ވާ ކަމަށް ފުލުހުން އިއްޔެ ބުނެފައި ވެއެވެ.
މި މައްސަލާގައި ހައްޔަރުކުރީ 45 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ހާދިސާގައި މަރުވީ ޕޮލެންޑުގެ އުމުރުން 52 އަހަރުގެ ފިރިހެން ފަތުރުވެރިއެކެވެ. އޭނާ ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފައެވެ.
މައުލޫމާތު ލިބޭގޮތުން އޭނާގެ ގައިމަތިން ޑިންގީ ދިއުމުގެ ސަބަބުން، ފަތުރުވެރިޔާގެ އަތް ވަނީ ބުރިވެފަ އެވެ. އެ އަތް ފެނިފައެއް ނުވެ އެވެ. މި ހާދިސާގައި އޭނާގެ ފަޔާއި ބަނޑުވެސް ވަރަށް ބޮޑަށް ކަފައިގެން ގޮސްފައިވާ ކަމަށް ވެއެވެ. ބަނޑު ކަފައިގެން ދިއުމުގެ ސަބަބުން ގޮހޮރުވެސް ވަނީ ނިކުމެފަ އެވެ.