ads
ސަހަރާއަށް ވަތް މީހުން މަހާނަ ކޮންނަނީ
ބަޔަކު ވަދެ ހެންވޭރު ސަހަރާގެ މަހާނަ ކޮންނަ މަންޒަރު
ތިން މީހަކު ހެންވޭރު ސަހަރާއަށް ވަދެ މަހާނައެއް ކޮނެ އެއްޗެހިތަކެއް ނަގާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާއްމުވެއްޖެއެވެ.

މިހާރު މީހުން ވަޅުނުލާތާ ގިނަ އަހަރުތަކެއް ވެފައިވާ ހެންވޭރު ސަހަރާއަށް ބަޔަކު ވަދެ ހަރަކާތްތެރިވާ މަންޒަރު ފޭސްބުކްގައި އާއްމުކޮށްފައިވަނީ އަބްދުލްމަޖީދު މުހައްމަދު ކިޔާ މީހެކެވެ.

އޭނާ ބުނެފައިވަނީ 11 މިނެޓްގެ އެ ވީޑިއޯއިން ފެންނަނީ ބުރާސްފަތި ދުވަހު ހަވީރު ތިން މީހަކު ސަހަރާއަށް ވަދެ މަހާނަތަކަށް ދަނޑިއެއް ކޮއްޕަމުންގޮސް، އެއް މަހާނައަކާއި ޖެހުމުން އެތަންކޮނެ އެތަނުން އެއްޗެއް ނެގުމަށްފަހު، އެމީހުން ގެނައި ފެންފުޅިއައަކުން ފެންއަޅާ އަލުން ފަސްލާތަން ކަމަށެވެ.

އެއަށްފަހު އެމީހުން މަހާނައިން ނެގި އެއްޗެހި ކޮތަޅަކަށް ލައިގެން ދަނީ ކަމަށް އޭނާ ބުނެފައިވެއެވެ.

ވީޑިއޯއިން ފެންނަގޮތުން ހީވަނީ ސިހުރުގެ ކަމެއްގައި ހަރަކަތްތެރިވާ ބައެއްހެނެވެ. ނަމަވެސް މިކަމާއި ގުޅިގެން ފުލުހުން އެއްވެސް އެއްޗެއް ނުބުނެއެވެ.

މާލެއާއި ރާއްޖޭގެ އެހެން ބައެއް ރަށްރަށުގައި ވެސް ސިހުރާއި ގުޅުންހުރި ބައެއް ކަންކަމުގައި ސަހަރާތައް ކޮނުމަކީ ދޭތެރެއަކުން ދިމާވާކަމެކެވެ. އެކަމާއި ބައެއް މީހުން ކަންބޮޑުވުންވެސް ފާޅުކުރެއެވެ.

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް