ads
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެމްބަރު، މަރިޔަމް ޝަމްހާ ދަރިފުޅާ އެކު އޮފީހުގައި: ފޮޓޯ އިންސްޓަގްރާމް
ޗުއްޓީ ނުލިބިގެން ދަރިފުޅު ގޮވައިގެން އޮފީހަށް އައި މައްސަލާގައި ޓްރިބިއުނަލުން ރައްދުދީފި
ޗުއްޓީ އިތުރުކޮށް ނުދީގެން ދަރިފުޅު ގޮވައިގެން އޮފީހަށް އައި މައްސަލާގައި ޓްރިބިއުނަލުން ރައްދުދީފި އެވެ.
Advertisement

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރު މަރްޔަމް ޝަމްއާ އިބްރާހީމް ވިހެއުމާގުޅިގެން އެ މެންބަރަށް އެކަށީގެންވާ ޗުއްޓީއެއް ހަމަޖައްސައިދީފައި ނުވާކަމަށް ބުނެ އާންމުކޮށްފައިވާ ޕޯސްޓަކާއި ގުޅިގެން ސޯޝަލް މީޑިއާގައި އެ އޮފީހަށް ދަނީ ފާޑުކިއުންތައް އަމާޒުކުރަމުން ނެވެ. 

ދަރިފުޅަށް އެންމެ ދެމަހުގައި އަބުރާ އޮފީހަށް ނިކުންނަން ޖެހުނު ކަމުގެ ކަންބޮޑުވުމާއިއެކު ދަރިފުޅާއިއެކު އޮފީހުގައި ނަގާފައިވާ ފޮޓޯއެއް އޭނާ ވަނީ ހިއްސާކޮށްފައެވެ. 

މިކަމާއި ގުޅިގެން ވިހެއުމުން ދޭ ހަ މަސް ދުވަހުގެ ޗުއްޓީ ނުލިބޭތީ ބޮޑެތި ފާޑުކިއުންތަކެއް އާންމުން ފާޅުކޮށްފައިވެއެވެ. ސޯޝަލްމީޑިއާގައި ހިއްސާކުރައްވާފައިވާ މައުލޫމާތާއި، މެންބަރު މީޑިއާތަކަށް ދެއްވާފައިވާ މައުލޫމާތަކީ، ރައްޔިތުންގެ މެދުގައި އެއިދާރާގެ އިތުބާރު ގެއްލޭފަދަ މޭރުމުން ދީފައިވާ މައުލޫމާތެއް ކަމަށް ބުނެ ވަޒީފާއާބެހޭ ޓްރައިބިއުނަލުން މިއަދު ވަނީ ނޫސްބަޔާނެއް ނެރެފަ އެވެ. 

އެބަޔާނުގައި ބުނެފައިވަނީ ވަޒީފާއާއި ބެހޭ ޓްރިބިއުނަލުގައި ހިމެނޭ މުވައްޒަފުންނަކީ ސިވިލް ސާވިސް މުވައްޒަފުންނަށް ނުވާތީ ސަރުކާރު މުވައްޒަފުންނަށް އަމަލުކުރާ އުސޫލުތައް އެ ޓްރިބިއުނަލްގެ މުވައްޒަފުންގެ މައްޗަށް ނުހިނގާ ކަމަށެވެ. އެކަމަކު، އެ ޓްރިބިއުނަލްގެ ހަތް މެމްބަރުންނަކީ ފަސް އަހަރުގެ ދައުރަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އައްޔަން ކުރައްވާ ފަރާތްތައް ކަމަށްވުުމުން ދިވެހި ސަރުކާރުން ވައުދުވެފައިވާ ހަ މަސް ދުވަހުގެ މެޓާނިޓީ ޗުއްޓީ ޓްރިބިއުނަލްގެ އަންހެން މުވައްޒަފުންނަށް ވެސް ހަމަޖައްސައިދިނުމާއި ބެހޭގޮތުން 2019 ވަނަ އަހަރު ރައީސް އޮފީހާއި މަަޝްވަރާ ކުރެވުނު ކަމަށެވެ. 

ޓްރިބިއުނަލްގައި ހިމެނޭ ހަތް މެމްބަރުންގެ ތެރެއިން ފަސް މެމްބަރުންނަކީ އަންހެން މެމްބަރުންނަށްވުމުން މެޓާނިޓީ ޗުއްޓީ ނެގުމުގައި ވަޒީފާގެ މަސްއުލީއްޔާތާއި މަސައްކަތްތަކަށް ދަތި ނުވާނެ ގޮތަކުން އެ ޗުއްޓީ ނެގުމަށް މެމްބަރު ޝަމްއާ ވެސް ހިމެނޭހެން، ވަޒީފާއާއި ބެހޭ ޓްރިބިއުނަލު މެމްބަރުންގެ ސްލޫކީ މިންގަޑު ބަހައްޓަން ޖެހޭ ގޮތުގެ އުސޫލެއް އޮގަސްޓު ތެރޭ ފާސް ކުރެވުނު ކަމަށްވެސް އެ ބަޔާނުގައި ވެއެވެ. އެ ޗުއްޓީ ނެގުމުގައި އޮފީހަށާއި އެހެން މުވައްޒަފުންނަށް އަދި މަސްއޫލިއްޔަތުތަކަށް ދަތި ނުވާގޮތަށް ޗުއްޓީ ނެގުމަށް އުސޫލުގައި އެއްބަސްވީ މެމްބަރު ޝަމްއާ ވެސް ހިމެނޭހެން ކަން ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ. 

"އެެހެންކަމުން އިސްވެދެންނެވުނު އުސޫލުގައި ބަޔާންކޮށްފައިވާގޮތަށް ޓްރިބިއުނަލް މެމްބަރުންނަށް ވިހެއުމުގެ ގޮތުން ދޭ ޗުއްޓީގެ ގޮތުގައި ހައްގުވަނީ 60 ދުވަހުގެ ޗުއްޓީއެއް(ދެ މަސް ދުވަސް) ކަން ބަޔާންކޮށްފައިވާއިރު، އެ އުސޫލުގައި މަރިޔަމް ޝަމްއާ ސޮއިކޮށްފައި އޮތުމުން ޓްރިބިއުނަލްގެ މުވައްޒަފަކަށް ލިބޭނީ ނުވަތަ ހައްގުވާނީ 60 ދުވަހުގެ ޗުއްޓީއެއް ކަން ހުދު އެފަރާތުންވެސް އެބަސްވާކަން އެގެއެވެ." ޓްރިބިއުނަލްގެ ބަޔާނުގައި ވެއެވެ.

ބަޔާނުގައި ވާގޮތުން، ވިހެއުމާއި ގުޅިގެން ދޭ ޗުއްޓީ ޝަމްއާގެ ފަރާތުން އިތުރުކޮށްދޭން އެދިފައިވީނަމަވެސް އެ ބާރު ޓްރިބިއުނަލްގެ ރައީސް އަށް ލިބިގެން ނުވާތީ ކޮށްދެވެން ނެތް ކަމަށް އޭނާ އަށް އަންގާފައި ވެއެވެ. ނަމަވެސް އެހެނިހެން ގޮޮތްގޮތުން ދެވެން އޮތް ލުއިތައް ދޭނެކަންވެސ އޭނާއަށް އަންގާފައިވާނެ ކަމަށް ބަޔާނުގައި ވެއެވެ. އެގޮތުން ދިމާވާ ކަމަކާއި ގުޅިގެން ހާޒިރީން ލުއިދޭނެކަމަށް ޝަމްއާ އަށް އަންގާފައި އޮންނާނެ ކަމަށް ވެސް ފާހަގަކޮށްފައި ވެއެވެ.

އަދި އޮފީހުގައި މަސައްކަތް ކުރަންޖެހޭ ވަގުތު 3 ގަޑިއިރަށް ކުޑަކޮށްދީފައިވާނެ ކަންވެސް ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ. އެއީ ޗުއްޓީ ހަމަކޮށް ވަޒީފާ އަށް ނިކުންނަ ދުވަހުން ފެށިގެން ވަޒީފާ އަދާ ކުރާ ކޮންމެ ދުވަހަކު ދަރިފުޅުގެ އުމުރުން އަހަރެއް ވަންދެން، ރަސްމީ ވަގުތުގައި ދަރިފުޅުގެ ކަންކަން ކުރުމަށް ހުސްކޮށްދޭ 30 މިނެޓުގެ ވަގުތުކޮޅެވެ. މި 30 މިނެޓުގެ ދެ ވަގުތުކޮޅު އެމަގުން ޝަމްއާ އަށް ފޯރުކޮށްދެމުންދާނެކަން އަންގާފައި އޮންނާނެ ކަންވެސް ފާހަގަކޮށްފައި ވެއެވެ. 

މިހެން މިކަން އޮއްވާ، ޝަމްއާގެ ޝޯޝަލް މީޑިއާގަޔާއި، މީޑިއާތަކަށް ދީފައިވާ މައުލޫމާތުގައި ޓްރިބިއުނަލްގެ އަގުވެއްޓޭގޮތަށް މައުލޫމާތު ހިއްސާކޮށްފައިވާތީ އެކަން ޓްރިބިއުނަލުން ވަނީ ކުށްވެރިކޮށްފައެވެ. އަދި އެކަމާއި ހިތާމަކުރާ ކަން ފާހަގަކޮށްފައި ވެއެވެ.

 

28%
ކަމުގޮސްފި
37%
އަޑުއެހިތާ މިހުރީ
30%
ސަތޭކައަކުން ސުމެއް
5%
ވަރަށް ސަލާމް
ކޮމެންޓްސް