އެ މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން،
ގްރީން ފަންޑުން ޑިސެމްބަރު މަހު އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ރަށްރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުތަކަށެވެ. އޭގެ އިތުރުން ކުނި މެނޭޖުކުރުމާއި ފެނާއި ނަރުދަމާގެ މަޝްރޫއުތަކަށް ވެސް ގްރީން ފަންޑުން ހަރަދުކޮށްފައިވެއެވެ.
ޑިސެމްބަރު މަހު ގްރީން ފަންޑުން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ:
ތިމާވެއްޓާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް މާލީ އެހީ ހޯދުމުގެ ގޮތުން ނަގާ މި ޓެކުހަކީ ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުން ނަގަމުން އަންނަ ޓެކުހެކެވެ. ގްރީން ޓެކްސް ރިސޯޓްތަކާއި ސިޓީ ހޮޓާތަކާއި ގެސްޓްހައުސްތަކުގެ އިތުރުން ސަފާރީތަކަށް އަންނަ ފަތުރުވެރިންވެސް ދައްކަންޖެހެއެވެ.
އެ މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން،
ފިނޭންސް މިނިސްޓްރީން ނެރެފައިވާ ގްރީން ފަންޑް ރިޕޯޓުގައި ވާ ގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ގްރީން ފަންޑަށް 75.7 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އެ މަހު ގްރީން ޓެކްސްގެ ގޮތުގައި އެންމެ ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކ. އަތޮޅުން 26.2 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ. އެއީ އެ އަތޮޅުގެ ރިސޯޓުތަކުން ލިބުނު 24.5 މިލިއަން ރުފިޔާ އާއި ގެސްޓްހައުސްތަކުން ލިބިފައިވާ 1.6 މިލިއަން ރުފިޔާއެވެ.