ads
އުމުރުން 19 އަަހަރުގެ ޒުވާނާ އޭނާ ކައިވެނި ކުރި 76 އަހަރުގެ މީހާއާއެކު
19 އަހަރުގެ ފިރިހެން ކުއްޖަކު 76 އަހަރުގެ ބިލިއަނަރަކާ ކައިވެނިކޮށްފި
އުމުރުން 19 އަހަރުގެ އިޓަލީ ފިރިހެން ކުއްޖަކު 76 އަހަރުގެ އަންހެން ބިލިއަނަރަކާ ކައިވެނިކޮށްފިއެވެ.

އުމުރުން 19 އަހަރުގެ ޖިއުސެޕް ޑި އަނާ ހޯމަ ދުވަހު ސޯޝަލް މީޑިއާގައި ވަނީ އުމުރުން 76 އަހަރުގެ “ސޯލް މެޓް” އާ ކައިވެނިކުރި ކަމަށް ބުނެފައެވެ. އަދި އެ އަންހެން މީހާއަކީ ބިލިއަނަރެއް ކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް އަންހެން މީހާގެ ނަން ހާމަކޮށްފައެއް ނުވެ އެވެ.

ޒުވާން ފިރިހެން ކުއްޖާ ސޯޝަލް މީޑިއާއަށް އާންމުކުރި ބައެއް ވީޑިއޯތަކަށް 20 މިލިއަންވުރެ ގިނަ ލައިކް ލިބިފައިވާއިރު، ބައެއް ވީޑިއޯތަކުގައި ދެ މީހުން ވަރަށް ގައިގޯޅިކޮށް އުޅޭ މަންޒަރުވެސް ފެނެއެވެ. 

ޑި އަނާ އާއި އޭނާގެ އުމުރުން 76 އަހަރުގެ ބިލިއަނަރަކާ ކައިވެނިކޮށްފައިވާއިރު، ޒުވާން ފިރިހެން ކުދިން އުމުުރުން ދުވަސްވީ މީހުންނާ ކައިވެނިކުރުން މިހާރު ވަނީ ޓްރެންޑަކަށް ވެފައެވެ.

ނޮވެމްބަރު މަހު އިނގިރޭސި ފިރިހެނަކު އޭނާގެ އުމުރުން އެންމެ 17 އަހަރުގައި 71 އަހަރުގެ އަންހެނުންނާ ކައިވެނިކުރިއެވެ. 

މީގެ އިތުރުން "ކިންގް ގުރްއާން" ގެ ނަމުން މަޝްހޫރު އުމުރުން 23 އަހަރުގެ ޓިކްޓޮކް ތަރިއެއް ވަނީ މިދިޔަ އަހަރު އުމުރުން 60 އަހަރުގެ ކުއީން ޗެރިލްކިޔާ މީހަކާ ކައިވެނިކޮށްފައެެވެ. 

55%
ކަމުގޮސްފި
23%
އަޑުއެހިތާ މިހުރީ
9%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް