
ގެއްލިގެން ހޯދާ މުޙައްމަދު އާސިރު އިސްމާޢީލް
މާލެއިން މީހަކު ގެއްލުނުތާ ހަތަރު ދުވަސް
ސީއެންއެމް ނިއުސް ޓީމް
07 ފެބްރުއަރީ 2023 - 07:00:26
މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން މާލެއިން މީހަކު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުނުން ފަށައިފިއެވެ.
ފުލުހުން ބުނީ ސ. މަރަދޫފޭދޫ، ގަސްކަރަ، މުޙައްމަދު އާސިރު އިސްމާޢީލް (31އ) ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް ފެބުރުވަރީ ފަސް ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.
އަދި އޭނާ އެހެންމެ ފަހުން ފެނިވައިވަނީ ފެބުރުވަރީ 4 ވަނަ ދުވަހުގެ 19:30 ހާއިރުކަމާއި އޭރު ލައިގެންހުރީ ނޫކުލައިގެ ޖީންސަކާއި ކަޅުކުލައިގެ ގަމީހެއް ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާކަމަށް ފުލުހުން ބުނެއެވެ.
އާސިރުއާއި ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ގަލޮޅޮ ޕޮލިސް ސްޓޭޝަންގެ 9631696 އަށް އެންގުމަށް ފުލުހުން އެދެއެވެ.
67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް