ads
އެކްޓިވިސްޓް
ސޯޝަލް މީޑިއާ އެކްޓިވިސްޓް "ޕޮކްމޭން" ވަޒީފާއިން ވަކިކުރި މައްސަލަ ހައިކޯޓަށް
ހުޅުމާލެ ކޯޓުގެ ކޯޓު އޮފިސަރުގެ މަގާމުން އަހުމަދު އިބްރާހިމް (ޕޮކްމޭން) ވަކިކުރީ މައުލޫއީ ގޮތުން ރަނގަޅަށް ކަމަށާއި އެހެންނަމަވެސް އޭނާ މަގާމުން ވަކިކުރީ އިޖުރާއީ ގޮތުން ރަނގަޅަށް ނޫން ކަމަށް ކަނޑައަޅައި، އޭނާއަށް ދެ މަހުގެ މުސާރަ ދިނުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އެންގި އެންގުން، އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.
Advertisement

މިމައްސަލަ އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ މި ހަފްތާގައި ކަމަށް ހައިކޯޓުގެ ރަޖިސްޓްރީން ދައްކައެވެ. އެހެންނަމަވެސް އެ މައްސަލަ ބަލައިގަތުމާމެދު ހައިކޯޓުން އަދި ވަކިގޮތެއް ނިންމާފައެއް ނުވެއެވެ.

އޭނާ މަގާމުން ވަކިކުރީ އިޖުރާއީ ގޮތުން ރަނގަޅަށް ނޫން ކަމަށް ކަނޑައަޅައި، އޭނާއަށް ދެ މަހުގެ މުސާރަ ދިނުމަށް ޖޭއެސްސީގެ މައްޗަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އެންގި މައްސަލައަކީ އަހްމަދު މަގާމުން ވަކިކޮށްގެން އޭނާ ޖޭއެސްސީއާ ދެކޮޅަށް މިދިޔަ އަހަރު ކުރި ދައުވާއެވެ. 

މި މައްސަލައިގައި ޓްރައިބިއުނަލުން ހުކުމް ކުރީ މިއަހަރުގެ ކުރީކޮޅުއެވެ.

ސޯޝަލް މީޑިއާގައި އެމްޑީޕީ ސަރުކާރަށް ފާޅުގައި ފާޑު ކިޔަމުން އަންނަ އަހްމަދާއި ގުޅޭ ގޮތުން ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކުރިން ބުނެފައިވަނީ ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ކޯޑު އޮފް ކޮންޑަކްޓާ އެތައް ފަހަރަކު އޭނާ ހިލާފުވެފައިވާ ކަމަށެވެ.  

ޑީޖޭއޭއިން ކުރިން ބުނީ ޖުޑީޝަރީގެ މުވައްޒަފުންނަކީ ޝަރުއީ ދާއިރާގެ މިނިވަންކަމާއި ގަދަރު ހިފެހެއްޓޭ ގޮތަށް ދިރިއުޅުމުގެ އެހެން ކަންކަމުގައި ވެސް އަމަލުތައް ބަހައްޓަންޖެހޭ ބައެއް ކަމަށް ޝަރުއީ ދާއިރާގެ އިދާރީ މުވައްޒަފުންގެ ކޯޑު އޮފް ކޮންޑަކްޓުގައި ބުނިނަމަވެސް އަހުމަދު އިބްރާހިމް ހިންގާ އެކައުންޓުން ސިޔާސީ ގޮތުން ވަކި ކޮޅަކަށް ޖެހި، ޝަރުއީ ދާއިރާގެ މިނިވަންކަމާ ބެހޭގޮތުން ސުވާލު އުފެދޭ ފަދަ އަދި އެ ދާއިރާގެ އަގު ވެއްޓޭ ފަދަ ކޮންޓެންޓު ހިމެނޭ ސިޔާސީ އެކްޓިވިސްޓު ދަރަޖައިގެ ޓްވީޓުތައް ކުރަމުންދާ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށެވެ.

މި މައްސަލައިގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ބުނެފައިވަނީ އަހްމަދު ވަޒީފާއިން ވަކިކުރުމުގައި ގާއިމް ކުރަން ޖެހޭ މައުލޫއީ އަދުލުވެރިކަން ގާއިމްކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް އިޖުރާއީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަކޮށްފައި ނުވާތީ ދެ މަސް ދުވަހުގެ މުސާރަ ދޭން ވަނީ އަންގާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް