ads
އެސްޓީއޯ
އެސްޓީއޯގެ މުސާރަ ސިއްރުކުރަން ހުށަހެޅި މައްސަލަ ބާތިލުކޮށްފި
އެސްޓީއޯގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ހާމަކުރުމާއި ދެކޮޅު ހެދުމުގެ ގޮތުން އެސްޓީއޯއިން ހައިކޯޓަށް ހުށަހެޅި މައްސަލަ، އެސްޓީއޯއިން އެދިގެން ބާތިލުކޮށްފިއެވެ.

އެސްޓީއޯގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ހޯދަން، އާރުޓީއައި އެކްޓިވިސްޓް އައިމަން ލަތީފުގެ ފަރާތުން 2020 ވަނަ އަހަރު އެސްޓީއޯއަށް ހުށަހެޅުމުން އެސްޓީއޯއިންވަނީ އެ މައުލޫމާތު ދިނުމަށް އިންކާރުކޮށްފައެވެ. 

އަދި މައުލޫމާތު ދިނުމަށް އިންކާރު ކުމުން، އައިމަން އެ މައްސަލަ ދެން ހުށަހެޅީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އިންފޮމޭޝަން ކޮމިޝަނަރަށެވެ. މި މައްސަލައިގައި އިންފޮމޭޝަން ކޮމިޝަނަރު ނިންމީ އައިމަން އެދިފައިވާ މައުލުމާތު ދިނުމަށެވެ.

އެ ހިސާބުން، އެސްޓީއޯއިން އެ މައުލޫމާތު ދިނުމަށް އިންކާރުކޮށް އެ މައްސަލަ މިދިޔަ އަހަރުގެ މާރިޗު މަހު ހައިކޯޓަށް ހުށަހެޅިއެވެ. ހައިކޯޓުގައި  އެ މައްސަލަ ހިނގަމުންދަނިކޮށް، އެސްޓޯއޯއިން އެދިގެން ހައިކޯޓުންވަނީ އަންގާރަ ދުވަހު އެ މައްސަލަ ބާތިލުކޮށްފައެވެ.

އެ މައްސަލަ ހައިކޯޓުން އަންގާރަ ދުވަހު ބާތިލުކުރިއިރު، ބޭންކް އޮފް މޯލްޑިވްސް އިން އެ ކުންފުނީގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހާމަ ކުރަން ޖެހޭނެ ކަމަށް ހައިކޯޓުންވަނީ މި ހަފްތާގައި ކަނޑައަޅާފައެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް