ads
ޖޯޝް ކިނބޫތަކަކާއެކު ފަތަނީ
އެތައް ސަތޭކަ ކިނބުލަކާއެކު ފަތާ ކުޑަ ކުއްޖާގެ ހަގީގަތަކީ ކޮބާ؟
ސޯޝަލް މީޑިއާގައި މިހާރު މަޝްހޫރު ވެފައިވާ އެއް މަންޒަރަކީ ތުއްތު ކުއްޖަކު އެތައް ސަތޭކަ ކިނބޫތަކާތަކާއެކު ސުވުމިން ޕޫލެއް ފަދަ ތަނެއްގައި ފަތާމަންޒަރެވެ.

މި ވީޑިއޯއަށް އެތައް ބައެއްގެ ސަމާލުކަން ލިބިފައިވާއިރު، އެ ކުއްޖާ ކިނބޫތަކާއެކު ފެތަނީ ކީއްވެތޯ؟ އާއި، އެ ކިނބޫތަކާއެކު ފެތުމަކީ ރައްކާތެރިކަމެއްތޯ؟ ގިނަ ބަޔަކު ސުވާލު އުފައްދައެވެ. 

މި ސުވާލުތަކުގެ ޖަވާބު ހޯދުމަށް ކުރި މަސައްކަތުން އެ ކުއްޖާ އެ ފަތާ ކިނބޫތަކަކީ ލޮނު ފެނުގައި އުޅޭ ކިނބޫތަކެކެވެ. އަދި އެފަދަ ކުދި ކިނބޫތަކަކާއެކު ފެތުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް ނުރައްކަލެއް ކުރިމަތިވުމުގެ ފުރުސަތުވެސް އޮތްކަމެވެ. 

އެކުއްޖާ ކިނބޫތަކުގެ ތެރޭގައި ފަތަނީ ކީއްވެ؟ 

މި ކުއްޖާއަކީ ރެޕްޓައިލްސް ގެންގުޅޭ ޑިންގޯ ޑިންކެލްމަންގެ ދަރިއެކެވެ. ޑިންކެލްމަން އޭނާގެ އަނބިމީހާ ކްރިސްޓީ ދިރުޅެނީ ދެ ދަރިންނާއެކުއެވެ. އެއީ މެޑީ،10 އަދި ޖޯޝް،8 އެވެ. ވީޑިއޯއިން ފެންނަނީ  ޖޯޝް އަށް އާންމުކަމެކެވެ. އެ ކުއްޖާ ދިރިއުޅޭ ގޭގައި އެތައް ބާވަތެއްގެ ރެޕްޓައިލްސް (ހަރުފަ، ކިނބޫ ފަދަ ތަކެތި) ގެންގުޅެއެވެ. 

އިނގިރޭސި ވިލާތައް ނިސްބަތްވާ މި އާއިލާ ދިިރިއުޅޭ ގޭގެ ފަހަތުގައި ވަނީ ކުޑަ ޒުލެއް ތައްޔާރުކޮށްފައެވެ. އެ ޒޫގައި ގިނައަދަދެއްގެ ރެޕްޓައިލްސް ދިރިއުޅެއެވެ. 

50%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް