ads
މަރުވެފައިވާ މަންމަ ކައިރީ އަލަށް އުފަންވެފައިވާ ކުއްޖާ
މަރުވެފައިވާ މަންމަ ކައިރީ އޮތީ ފޫޅުދަނޑި ވަކިނުވާ ދަރިފުޅު
ތުރުކީއާއި ސީރިއާގެ ބޯޑަރު ސަރަހައްދަށް ހޯމަ ވިލޭރޭ އައި ބާރުގަދަ ބިންހެލުމުގައި އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ މީހުން ހޯދުމަށް މަސައްކަތްކުރާ ރެސްކިއުޓީމްތަކަށް، އަލަށް އުފަންވެފައިވާ ކުއްޖަކު ފެނި ސަލާމަތްކޮށްފިއެވެ.

ސީރިއާގެ ރުބެލްގައި ސުންނާފަތި ވެފައިވާ އިމާރާތެއްގެ ދަށުން ކުއްޖާ ފެނުނު ނަމަވެސް އެކުއްޖާގެ މަންމަ އޮތީ މަރުވެފައެވެ. ނަމަވެސް ކުއްޖާގެ ފޫޅުދަނޑި މަންމައާއި ވަކިނުވާކަމަށް ރިޕޯޓްތައް ބުނެއެވެ.

7.8 މެގްނިޓިއުޑްގެ ބިންހެލުމުގައި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި އެތައްހާސް ބަޔަކު އަދިވެސް ތާށިވެފައިވާއިރު، މި ހާދިސާގައި މަރުވި މީހުންގެ އަދަދު މިހާރުވަނީ 11000 ހުރަސްކޮށްފައެވެ.

އިމާރާތްތަކުގެ ދަށުން ފެންނަ ގިނަ މީހުން މަރުވެފައިވާއިރު މަދުން ނަމަވެސް އަދިވެސް ސަލާމަތުން ތިބި މީހުން ރެސްކިއުޓީމްތަކަށް ފެނެއެވެ.

50%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް