ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު ރެނާޓަސް އާ ހަވާލުކުރުމަށް ނިންމާފައިވާއިރު، މިދިޔަމަހުގެ ފަހުކޮޅު އެ ކުންފުންޏަށް ވަނީ 'ނޮޓިފިކޭޝަން އޮފް އިންޓެންޝަން ޓު އެވޯޑް' ހަވާލުކޮށްފައެވެ. މި މަހުގެ ތެރޭގައި ރެނާޓަސް އާ އެކު މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު:
ގަން އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއަކީ ދެކުނުގެ އަތޮޅުތަކަށް އިގުތިސޯދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ބޮޑު ކުރިއެރުމެއް ގެނެސްދީ، މުޅި ރާއްޖޭގެ ތަރައްގީގައި އައްޑޫ ސިޓީގެ ދައުރު ފުޅާކޮށްދިނުމަށް މަގުފަހިކޮށްދޭނެ މުހިންމު މަޝްރޫއެއް ކަމަށް އިކޮނޮމިކް މިިނިސްޓްރީން މީގެކުރިން ބުނެފައިވެއެވެ. އެ މިނިސްޓްރީން ދެކޭ ގޮތުގައި މިއީ މުޅި ދުނިޔެ އާ ދެކުނުގެ އަތޮޅުތަކާ ގުޅުވާލަދޭ ނާރެހެއްގެ ގޮތުގައި ގަން އިންޓަނޭޝަލް އެއާޕޯޓް ތަރައްގީކޮށްދޭނެ އުންމީދީ މަޝްރޫއެކެވެ.