ނޯއީގެ ބައްޕަ އަހްމަދު އަރުޝަމް "ސީއެންއެމް" އަށް ބުނީ، މީގެކުރިން ވެސް ނޯއީ އަވަސް އަވަހަށް ބަލިވާ ކަމަށާއި، އެކަމާ ގުޅިގެން ވަރަށް ގިނަ ފަހަރު ރަށު ހޮސްޕިޓަލަށް ދައްކާފައިވާ ކަމަށެވެ.
އެގޮތަށް ބަލިވާތާ ގިނަ ދުވަސްތަކެއް ފަހުން، މިދިޔަ އޭޕްރިލް މަހު މާލެ ގޮސް އައިޖީއެމްއެޗަށް ދެއްކުމުން، ނޯއީގެ ވައިޓް ބްލަޑް ސެލް މަތިވާ ކަމަށް ބުނެ ވަގުތުން ހޮސްޕިޓަލްގައި އެޑްމިޓްކުރި އެވެ. އަދި ނޯއީގެ ބައްޔަކީ ކެންސަރުކަން އެނގުމާއެކު، އިތުރު ފަރުވާއަށް ވީ އެންމެ އަވަހަކަށް އިންޑިއާއަށް ދާން ޑޮކްޓަރުން ލަފާ ދެއްވި އެވެ. އެއާއެކު، އަރުޝަމް އާއި ނޯއީގެ މަންމަ ވަހުދާ ހަމީދު ވަނީ އޭގެ ހަފްތާއެއް ފަހުން ދަރިފުޅު ގޮވައިގެން އިންޑިއާއަށް ފުރާފަ އެވެ.
ނޯއީއަށް ޖެހިފައިވާ ކެންސަރުގެ ބާވަތް ދެނެގަނެވި، މިހާރު އަންނަނީ އިންޑިއާގެ ކިމްސް ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ. އަރުޝަމް ބުނީ މިހާރު ކުރިއަށްދަނީ ފަރުވާގެ ފުރަތަމަ މަރުހަލާ ކަމަށާއި، ހަފްތާއެއް ފަހުން ނޯއީ ހޮސްޕިޓަލުން ދޫކޮށްލާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ މުއްދަތަށް ފަހު ވެސް ހަ މަސްދުވަސް ވަންދެން ކޮންމެ ހަފްތާއަކު ހޮސްޕިޓަލަށް ގޮސް ފަރުވާ ހޯދަން ޖެހޭނެ ކަމަށާއި، އެއަށްފަހު ފަސް އަހަރު ވަންދެން ކޮންމެ ތިން މަހަކުން ޑޮކްޓަރަށް ދައްކަން ޖެހޭނެ ކަމަށް އަރުޝަމް ބުންޏެވެ.
ކުޑަކުޑަ ނޯއީ ބަލިން ސަލާމަތްކުރުމަށް އާއިލާއިން ކުރަމުން އަންނަ މަސައްކަތަށް މިވަނީ އެންމެހާ ފަރާތްތަކުގެ އެހީތެރިކަން ބޭނުންވެފަ އެވެ. ނޯއީގެ ފަރުވާއަށް ގިނަ ދުވަސްތަކެއް ރާއްޖެއިން ބޭރުގައި ހޭދަކުރަން ޖެހުމަކީ އާއިލާއަށް މާލީ ގޮތުން ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމެކެވެ. ނޯއީގެ ފަރުވާއަށް އާސަންދަ ހަމަޖެހިފައިވީ ނަމަވެސް، އިންޑިއާގައި ދިގު މުއްތަދެއް ހޭދަކުރަން ޖެހޭތީ ހުރުމާއި ކެއިންބުއިމުގެ އިތުރުން އެހެނިހެން ކަންކަމަށް ވެސް ބޮޑެތި ހަރަދުތަކެއް ކުރަންޖެހޭނެ އެވެ.
ނޯއީގެ ބަލި ހާލަތު އަންގައިދޭ ލިޔުމެއް
އެހެންކަމުން އާއިލާއިން ވަނީ ނޯއީގެ ފަރުވާ ފުރިހަމަކުރުމަށް ހެޔޮއެދޭ ފަރާތްތަކުގެ ދީލަތި އެހީއަށް އެދިފަ އެވެ. މި ދަނޑިވަޅުގައި ފޯރުކޮށްދޭ ކިތަންމެ ކުޑަ އެހީއަކީ ވެސް ނޯއީގެ ސިއްހަތާއި މުސްތަގުބަލަށްޓަކައި ވަރަށް ވެސް މުހިންމު ކަމެއްގެ ގޮތުގައި އާއިލާއިން ފާހަގަކުރެ އެވެ.
ނޯއީގެ ފަރުވާއަށް އެހީވެދެއްވުމަށް:
ގުޅޭނެ ނަންބަރު: 9513011 / +91 9744552503 އަހްމަދު އަރުޝަމް (ބައްޕަ)
9573011 / +91 7356349207 ވަހުދާ ހަމީދު (މަންމަ)
9781122/ +91 9895064694 ފާތިމަތު މައީޝާ (ބޮޑުދައިތަ)
ބީއެމްއެލް ދިވެހި ރުފިޔާ: 7770000012533 ފާތިމަތު މައީޝާ
ބީއެމްއެލް ޑޮލަރު: 7730000220837 ފާތިމަތު މައީޝާ
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;