ads
ކޮރޯނާ ވައިރަސް ޖެހިފައިވާ މީހަކު ނިއުޔޯކުން ފެނިއްޖެ
ކޮރޯނާ ވައިރަސް ގެ ފުރަތަމަ ކޭސް އެމެރިކާ ގެ ސްޓޭޓް އެއް ކަމަށްވާ ނިއުޔޯކް އިން މި އާދީއްތަ ދުވަހު ފެނިއްޖެއެވެ.

ނިއު ޔޯކް ގެ ސްޓޭޓް އޮފިޝަލުން ބުނާ ގޮތުގައި އެ ބަލި ޖެހިފައި ވަނީ އިރާނަށް ވަރަށް ފަހުން ދަތުރު ކޮށްފައިވާ 30 އަހަރުގެ އަންހެނަކަށެވެ.

ގަވަނަރ އެންޑްރޫ ކުއޯމޯ ދެއްވައިފައިވާ ސްޓޭޓްމެންޓެއްގައި ބުނުއްވާ ގޮތުގައި މިއީ ނިއު ޔޯކް އިން ކޮރޯނާ ވައިރަސް ފެނިފައިވާ ފުރަތަމަ ފަހަރެވެ. އަދި ކުއޯމޯ ބުނުއްވި ގޮތުގައި މި އަންހެންމީހާ މިހާރު ވަނީ އޭނާގެ އަމިއްލަ ގޭގައި އައިސޮލޭޓް ކުރެވިފައެވެ. 

އަދި ހަމަ އެހެންމެ މިއީ ނިއު ޔޯކް އިން ފެނިފައިވާ ނޮވެލް ކޮރޯނާ ވައިރަސް ގެ ފުރަތަމަ ކޭސް ކަމުގައި ވީ ނަމަވެސް މިއީ ކަންބޮޑުވެ ހައިރާންވާން ވީ ވަރުގެ ކަމެއް ނޫން ކަމަށް ކުއޯމޯ ވިދާޅުވެފައި ވެއެވެ. 

މި ނިމިގެން ދިޔަ އާދީއްތަ ދުވަހުން ފެށިގެން އެމެރިކާގައި ކޮރޯނާ ވައިރަސް ގެ ކޮންފާމް ވެފައިވާ 76 ކޭސް އެއް ވަނީ ފެނިފައެވެ. އަދި ކޮރޯނާ ވައިރަސްގެ ސަބަބުން ދެ މީހަކު ވަނި އެމެރިކާ އިން މަރުވެފައެވެ. މުޅި ދުނިޔެއިން ކޮރޯނާ ވައިރަހަށް މިހާތަނަށް 83,361 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައިވާއިރު 2,857 މީހުން ވަނީ މަރުވެފަ އެވެ.      

                                              

                     

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް