ads
މިދިޔަ އަހަރުގެ ގަޟާއީ ޖަލްސާ
ގަލޯއީ އަހަރުގެ ޖަލްސާއަށް ރައީސް ނަޝީދު ވަޑައިނުގެންނެވި
ގަލޯއީ އަހަރުގެ ޖަލްސާއަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ރައީސް މުހައްމަދޔ ނަޝީދު ވަޑައިނުގެންނެވިއެވެ.
Advertisement

ގަލޯއީ އަހަރުގެ ޖަލްސާއަކީ، އަދުލު އިންސާފު ގާއިމްކުރުމުގެ ބާރު ނުވަތަ ޖުޑިޝަރީގެ ޖުޑީޝަލް އަހަރު ފެށުމުގެ ގޮތުން ބާއްވާ ރަސްމީ ޖަލްސާއެވެ. 

ގަލޯއީ ޖަލްސާއަށް އާއްމުކޮށް ދައުލަތުގެ ތިން ބާރުގެ ވެރިން ވަޑައިގަންނަވައެވެ. އެހެންނަމަވެސް މިރޭގެ ޖަލްސާއަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަޑައިނުގަންނަވައެވެ. ޖަލްސާއަށް ރައީސް ނަޝީދު ވަޑައިނުގެންނެވީ ކީއްވެ ކަމެއް ނޭނގެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން މިދިޔަ އަހަރު އޮތް ގަލޯއީ ޖަލްސާއަށް ރައީސް ނަޝީދު ވަޑައިގެންނެވިއެވެ. 

ގަލޯއީ އަހަރުގެ ޖަލްސާއަށް ރައީސް ނަޝީދު ވަޑައިނުގެންނެވިއިރު، އެ ޖަލްސާގެ ޝަރަފުވެރި މެހެމާން ރައީސް އިބްރާހީމް މުހައްމަދު ސާލިހާ އެ މަނިކުފާނާވަނީ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައެވެ.  
މި ޖަލްސާއަށް ރައީސް ނަޝީދު ވަޑައިނުގެންނެވި ނަމަވެސް އުއްތަމަ ފަނޑިޔާރާ ނާއިބު ރައީސް އަދި ޖޭއެސްސީގެ އިސްވެރިންނާއި ގިނަ އަދަދެއްގެ ފަނޑިޔާރުންނާ މެޖިސްޓްރޭޓުން އަދި ޝަރުއީ ދާއިރާގެ މުވައްޒަފުން ބައިވެރިވިއެވެ. ޖަލްްސާ އޮތީ ދަރުބާރުގޭގައެވެ.  

55%
ކަމުގޮސްފި
9%
އަޑުއެހިތާ މިހުރީ
18%
ސަތޭކައަކުން ސުމެއް
18%
ވަރަށް ސަލާމް
ކޮމެންޓްސް