ads
އުއްތަމަ ފަނޑިޔާރު
ގާނޫނީ ވެރިކަން ދަމަހައްޓާނަން: އުއްތަމަ ފަނޑިޔާރު
އަދުލު އިންސާފުގެ ބާރުން އަބަދުވެސް މަސައްކަތް ކުރާނީ ގާނޫނު އަސާސީއާއި ގާނޫނުގެ ވެރިކަން ނަގަހައްޓައި ދެމެހެއްޓުމަށް ކަމުގެ ފުރިހަމަ ޔަގީންކަން އަރުވާ ކަމަށް، އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވިދާޅުވެއްޖެ އެވެ.

އުއްތަމަ ފަނޑިޔާރު މިހެން ވިދާޅުވީ ގަލޯއީ އަހަރު އިފްތިތާހު ކުރުމަށް ދަރުބާރުގޭގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް އިބްރާހީމް މުހައްމަދު ސާލިހުވެސް ބައިވެރިވެވަޑައިގެންނެވި މި ޖަލްސާގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ގާނޫނުގެ ވެރިކަން ދަމަހައްޓަނީ އަދުލު އިންސާފު ކަށަވަރުކޮށް، ރައްޔިތުންގެ މަސްލަހަތާއި މަންފާއަށާއި މުޅި ރާއްޖޭގެ އާންމު މަސްލަހަތު އިސްކޮށް ދިފާއު ކުރުމުގެ ބޭނުމުގައި ކަމަށެވެ.

"ޝަރުއީ ދާއިރާއިން އަބަދުވެސް މަސައްކަތް ކުރާނީ ގާނޫނު އަސާސީއާއި ގާނޫނުގެ ވެރިކަން ނަގަހައްޓައި ކަށަވަރުކޮށްދީ ރައްޔިތުންނަށް އަވަސްކަމާ އެކު އަދުލު އިންސާފު ފޯރުކޮށްދިނުމުގައި ދެމިތިބުމަށް ކަމުގެ ފުރިހަމަ ޔަގީންކަން އަރުވަން،"

އުއްތަމަ ފަނޑިޔާރުގެ ވާހަކައިގައި އިތުރަށް ވިދާޅުވީ ވޭތުވެދިޔަ އަހަރުތަކުގައި ޝަރުއީ ނިޒާމަށް އިންގިލާބީ ބަދަލުތަކެއް ގެނެވިފައިވާ ކަމަށެވެ. އެގޮތުން, މަދަނީ އިޖުރާއަތުގެ ގާނޫނު ވުޖޫދު ކުރުމާއި، 47 އަހަރުވީ ހެއްކާ ބެހޭ ގާނޫނު އުވި އޭގެ މުޅިން އާ ގާނޫނެއް ގެނެވި އަމަލުކުރަން ފެށިފައިވާ ކަން ފާހަގަ ކުރެއްވި އެވެ. 

ޑިސްޓްރިކްޓް ކޯޓުތަކާއި ސާކިޓް ކޯޓުތައް އުފެއްދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ބިލުގެ އިތުރަށް، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ އެކުލެވުން ބަދަލުކުރުމަށް ހުށަހަޅަން ތައްޔާރުވެފައި އޮތް ބިލަށް އިޝާރާތް ކުރައްވައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ ކުރިއަށް އޮތީ ޝަރުއީ ނިޒާމަށް އިތުރު އިންގިލާބީ ބަދަލުތަކެއް އައުމަށް މިސްރާބު ޖަހާފައި އޮތް އަހަރެއް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް