ads
ތުއްތު އަޔާ---
ތުއްތު އަޔާ އެޑޮޕްޓުކުރަން އެތައް ހާސް ހުށަހެޅުންތަކެއް!
އަޔާ އަށް ގާތުންދެނީ ޑޮކްޓަރުގެ އަނބިކަނބަލުން
ތުރުކީއާއި ސީރިއާގެ ބޯޑަރު ސަރަހައްދަށް ހޯމަ ވިލޭރޭ އައި ބާރުގަދަ ބިންހެލުމުގައި އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ އެތައް ހާސް މީހުނެއްގެ ތެރެއިން މަރުވެފައިވާ މަންމައާއި ފޫޅުދަނޑި ވަކިނުވެ އޮތް ތުއްތު ކުއްޖަކު ފެނުނު ހަބަރަކީ ގިނަ ބަޔަކަށް ހައިރާންކަން ގެނުވި ކަމެކެވެ. ފިނީގައި އެތައް އިރެއް ވަންދެން މަރުވެފައިވާ މަންމައާއިއެކު އޮތް މި ތުއްތު ކުއްޖާ ގިނަ ބަަޔަކު ސިފަކުރީ "މިރަކަލް" އެއްގެ ގޮތުގަ އެވެ.
Advertisement

މިކުއްޖާއަށް ނަންދީފައިވަނީ "އަޔާ" ގެ ނަމުން ނެވެ. އަރަބި މި ރީތި ނަމުގެ މާނައަކީ މިރަކަލް ނުވަތަ މުޢުޖިޒާތެވެ. ދިރިހުއްޓާ އަޔާ ފެނުނުއިރު އޮތީ ހަރަކާތް ހުއްޓިފަ އެވެ. އެކަމަކު ވިންދު ހުއްޓެވެ. ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައިވާއިރު އަޔާގެ ހާލަތު މިހާރު ރަނގަޅެވެ. މިވަގުތު އޮތީ ހޮސްޕިާޓަލުގައި އޮބަޒަވޭޝަންގައެވެ. 

your imageތުއްތު އަޔާ އަށް ގާތުން ދެނީ ޑޮކްޓަރުގެ އަންހެނުން

ތުއްތު އަޔާ ދިރިހުއްޓާ ފެނުނު ނަމަވެސް އަޔާގެ މަންމަ އާއި ބައްޕަ ހިމެނޭހެން އާއިލާގެ އެންމެން ވަނީ މި ހާދިސާގައި ދުނިޔެދޫކޮށްފަ އެވެ. ހޮސްޕިޓަލާއި ހަވާލާދީ ބޭރުގެ ނޫސްތަކުން ރިިޕޯޓުކޮށްފައިވާ ގޮތުގައި އަޔާ ސަލާމަތްކުރާ މަންޒަރު ފެންނަ ވީޑިއޯތަކާއި ހަބަރުތައް ސޯޝަލް މީޑިއާގައި ދައުރުވެގެން ދިއުމާއިއެކު ކުއްޖާ އެޑޮޕްޓުކުރުމަށް ޓަކައި އެތައް ހާސް ފޯން ކޯލެއް ހޮސްޕިޓަލަށް ކޮންމެ ދުވަހަކުުވެސް ލިބެ އެވެ. 

އެކަމަކު އަޔާ ބައްލަވަމުންގެންދަވާ ޑޮކްޓަރު ހާލިދު އަތިއާ ވަނީ، އާޔާ ހޮސްޕިޓަލުން ދޫކޮށްލުމާއިއެކު ހަމައެކަނި ހަވާލުކުރާނީ އަޔާގެ އާއިލާގެ މީހުންނާއި ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. 

އެގޮތުން ތުއްތު އަޔާ ބެލުމާއި ހަވާލުވާން މިހާރު ނިންމާފައިވަނީ އަޔާގެ ބޮޑުބޭބެ ސަލާހް އަލް ބަދްރާން އެވެ. މި ބިންހެލުމުގައި ބޮޑުބޭބެ ސަލާހްގެ ގެވެސް ވަނީ ސުންނާފަތި ވެފައެވެ. އެހެންވެ މިވަގުތު އޭނާ އާއި އޭނާގެ އާއިލާ ވެސް ދިރިއުޅެމުންދަނީ ޓެންޓެއްގަ އެވެ.

ޑރ. ހާލިދު އަތިއާގެ ބެލުމުގެ ދަށުން އަޔާ މިވަގުތު ހޮސްޕިޓަލުގެ އޮބްޒަވޭޝަންގައި ބާއްވައިގެން ފަރުވާދެމުންދާއިރު، އަޔާއަށް ގާތުން ދެނީ ޑރ. ހާލިދުގެ އަނބިކަނބަލުން ނެވެ. 

89%
ކަމުގޮސްފި
4%
އަޑުއެހިތާ މިހުރީ
4%
ސަތޭކައަކުން ސުމެއް
4%
ވަރަށް ސަލާމް
ކޮމެންޓްސް