ads
އަންހެން ޓީމުގެ ޕްރެކްޓިހުގެ ތެރެއިން
ގައުމީ އަންހެން ފުޓްބޯޅަ ޓީމު ޕްރެކްޓިސް ފަށައިފި
ގައުމީ އަންހެން ފުޓްބޯޅަ ޓީމު ޕްރެކްޓިސް ފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަންހެން ގައުމީ ފުޓްބޯޅަ ޓީމު ޕްރެކްޓިސް ފެށީ ތަޖުރިބާކާރު ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) އާއެކުއެވެ. 

ގައުމީ ޓީމުން ޕްރެކްޓިސް ފަށާފައިވާއިރު، އަންނަ އަހަރު ފްރާންސްގައި އޮންނަ އޮލިމްޕިކްސްގެ އަންހެން ފުޓްބޯޅަ އިވެންޓަށް ކޮލިފައިވުމަށް ކުޅޭ އޭޝިއާ ކޮލިފައިންގައި ރާއްޖޭގެ އަންހެން ގައުމީ ޓީމްވަނީ ވަރުގަދަ ގްރޫޕެއްގައި ލައްވާލާފައެވެ. 

ރާއްޖެ ހިމެނޭ ގްރޫޕުގައި ރާއްޖެއާއެކު ދެން ހިމެނެނީ އިރާނާއި މިޔަންމާ އަދި ބަންގްލަދޭޝްއެވެ. ކޮލިފައިން މެޗުތައް ކުޅޭނީ އަންނަ އޭޕްރީލް މަހުއެވެ.

ރާއްޖޭން ފުރަތަމަ މެޗުގައި ކުޅޭނީ މިޔަންމާއާ ދެކޮޅަށެވެ. އޭގެ ފަހުން އިރާނާ ކުޅުމަށް ފަހު، ފަހު މެޗުގައި ބައްދަލުކުރާނީ ބަންގްލްދޭޝްއާއެވެ. ބަންގްލަދޭޝްއަކީ ސާފުގެ އެންމެ ފަހުގެ ޗެމްޕިއަނުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް