ads
ދެވަނަ ފިޔަވަހީގައި ހުންނަ ފުލުހުންގެ އިދާރާއަށް ގެއްލުންދީފައިވަނީ ގާގަޑަކުން——
ހުޅުމާލޭ ޕޮލިސް ސްޓޭޝަނަށް ގެއްލުންދީ، ފުލުހަކު ޒަހަމުކޮށްލުން: މީހަކު ހައްޔަރުކޮށްފި
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފުލުހުންގެ އިދާރާއަށް އިއްޔެ ގެއްލުންދީ، ފުލުހަކު ޒަހަމުކޮށްލި މައްސަލާގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުސް މީހާ ޒަހަމުވެފައިވަނީ ފުލުހުންގެ އިދާރާއަށް ގެއްލުންދިނުމަށް އެއްލި ގާގަޑަކުން ޖެހި އެވެ. ފުލުހުންގެ އިދާރާގެ ބިއްލޫރިގަނޑު ތަޅައިގެންދިޔައިރު ގާގަޑުން ޖެހި އެތަނުގެ އެތެރޭގައި ހުރި ފުލުހެއްގެ ބޯ ޒަހަމުވެފައި ވެއެވެ.

މިކަމާއި ގުޅިގެން ފުލުހުން މިއަދު "ސީއެންއެމް" އަށް ބުނީ، އެމައްސަލާގައި އިއްޔެ 21 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މި ހާދިސާގައި ޒަހަމުވި ފުލުސް މީހާއަށް ފަރުވާދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.

މިމައްސަލަ ފުލުހުން ތަހުގީގުކުރަމުންދާއިރު، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު، ޑިއުޓީ ގަޑިން ބޭރުގައި އުޅެނިކޮށް، ޑްރަގް އެންފޯސްމެންޓް ޑިޕާޓުމެންޓް(ޑީއީޑީ)ގެ ތިން ފުލުހަކަށް ވެސް ގޭންގަކުން ވަނީ ހަމަލާދީފަ އެވެ. 

ހަތިޔާރު ބޭނުންކޮށްގެން ފުލުހަކަށް ހަމަލާދިން އެ މައްސަލާގައި އެ ދުވަހު 18 އަހަރުގެ މީހަކާއި، 20 އަހަރުގެ މީހަކު ހައްޔަރު ކުރި އެވެ. އޭގެ ފަހުން އެމަހުގެ 12 ވަނަ ދުވަހު އިތުރު މީހަކު ހައްޔަރުކުރި އެވެ. އަދި އެމައްސަލާގައި 10 ވަަރަކަށް މީހުން އެފަހަރު ހައްޔަރުކުރި އެވެ.

އަދި ހަމަ އެމަހުގެ 18 ވަނަ ދުވަހު ވައްކަމުގެ ތުހުމަތެއްގައި ގޭންގަކަށް ނިސްބަތްވާ މީހަކު ހައްޔަރު ކުރުމުން ވެސް ގޭންގަކުން މާފަންނު ޕޮލިސް ސްޓޭޝަނަށް ވަދެ ކޮންސްޓަބަލަކަށް މަރުގެ އިންޒާރު ވަނީ ދީފަަ އެވެ.

ހަމަ އެ ރޭ އޭނާ ފުލުހުން ހައްޔަރު ކުރި ނަމަވެސް މުއްދަތު ޖަހަން ކޯޓަށް ހާޒިރުކުރުމުން، ހައްޔަރު ކުރި ގޮތް ގޯސްވެގެން އޭނާ ވަނީ ކްރިމިނަލް ކޯޓުން ދޫކޮށްލާފަ އެވެ. އޭނާ ދޫކޮށްލީ ކުށުގެ ވެށިން ނޫންގޮތަކަށް ކޯޓު އަމުރަކާއި ނުލާ ހައްޔަރު ކުރިކަމަށް ބުނެ އެވެ.

މީގެއިތުރުން، ޖެހިގެން އައި ދުވަހު އައްޑޫގައި ސައިކަލެއް ޓޯ ކުރުމުން، ފުލުހުންގެ ތަކެއްޗަށް ގެއްލުންދީ ރޯކޮށްލާނެ ކަމަށް ބުނެ ފުލުހުންނަށް އިންޒާރުދިނެވެ. އެމައްސަލާގައިވެސް ދެ މީހަކު ހައްޔަރުކުރި އެވެ.

މިމައްސަލަތަކާ ގުޅިގެން ސީޕީ ހަމީދު ވަނީ، ޖަމާއަތް ހަދައި، ކުށް ކުރުމާއި، އާންމު އިޖުތިމާއީ މިންގަނޑުތަކާއި ހިލާފު އަމަލުތައް ހިންގާ އަދި ރައްޔިތުންގެ ހިތްތަކަށް ބިރުވެރިކަން ވަންނަ ގޮތަށް ހަރަކާތްތެރިވާ ގުރޫޕުތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ތަކުރާރުކޮށް ދެއްވާފަ އެވެ.

25%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
38%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް