ads
ޝަހީދު އަލީ ބިލްޑިން-- ފޮޓޯ: ރާއްޖެ އެމްވީ
ގޭންގަކުން މާފަންނު ޕޮލިސް ސްޓޭޝަނަށް ވަދެ އިންޒާރުދީފި
ފޮލިސް ސްޓޭޝަނަށް ވަދެ ކޮންސްޓަބަލްއަކަށް މަރުގެ އިންޒާރުދިން މީހާ ހައްޔަރުކުރި
ވައްކަމުގެ ތުހުމަތެއްގައި ގޭންގަކަށް ނިސްބަތްވާ މީހަކު ހައްޔަރުކުރުމުން ގޭންގަކުން މާފަންނު ޕޮލިސް ސްޓޭޝަނަށް ވަދެ އިންޒާރުދީފި އެވެ.

ވައްކަމުގެ ތުހުމަތުގައި ހައްޔަރުކުރީ ޖަމާއަތް ހަދައި ރާވައިގެން ކުށްކުރާ، މާފަންނުގައި ހަރަކާތްތެރިވާ ގުރޫޕަކަށް ނިސްބަތްވާ މީހަކެވެ.

އޭނާ ވައްކަންކުރިކަމުގެ ތުހުމަތަށް ހައްޔަރުކުރުމުން އެގްރޫޕަށް ނިސްބަތްވާ މީހަކު މާފަންނު ސްޓޭޝަނަށް ވަދެ ކޮންސްޓަބަލްއަކަށް ވަނީ މަރުގެ އިންޒާރު ދީފައެވެ.

ސީޕީ ހަމީދު ދާދި ދެންމެއަކު ވިދާޅުވީ، ފުލުުުހުންގެ އިދާރާއަށްވަދެ ކޮންސްޓަބަލްއަކަށް މަރުގެ އިންޒާރުދީފައިވާތީ އޭނާވެސް ވަނީ ހައްޔަރުކޮށްފައި ކަމަށެވެ.

އޭގެފަހުން ވެސް އެސްޓޭޝަން ދޮށަށް އެގުރޫޕުގެ މީހުން ވަނީ އެއްވެފައެވެ. ސީޕީ ވިދާޅުވީ، އެއްވި އެގްރޫޕުގެ މީހުނާމެދުވެސް ފިޔަވަޅު އެޅާނެ ކަމަށެވެ. 

“ޖަމާއަތް ހަދައި، ކުށްކުރުމާއި، އާންމު އިޖުތިމާއީ މިންގަނޑުތަކާއި ހިލާފް އަމަލްތައް ހިންގާ އަދި ރައްޔިތުންގެ ހިތްތަކަށް ބިރުވެރިކަން ވަންނަ ގޮތަށް ހަރަކާތްތެރިވާ ގުރޫޕުތަކާ ދެކޮޅަށް ފިޔަވަޅު އަޅާނަން” ސީޕީ ވިދާޅުވި އެވެ.

 ފުލުހުންގެ އިދާރާއަށް ވަދެ، ބަޔަކު އިންޒާރު ދިން އިރު، ޑިއުޓީ ގަޑިން ބޭރުގައި އުޅެނިކޮށް، ޑްރަގް އެންފޯސްމެންޓް ޑިޕާޓުމެންޓް(ޑީއީޑީ)ގެ ތިން ފުލުހަކަށް ވެސް ގޭންގަކުން ވަނީ މިމަހުގެ ނުވަވަނަ ދުވަހު ހަމަލާދީފައެވެ. 

ހަތިޔާރު ބޭނުންކޮށްގެން ފުލުހަކަށް ހަމަލާދިން އެ މައްސަލާގައި ހަމަ އެދުވަހު 18 އަހަރުގެ މީހަކާއި، 20 އަހަރުގެ މީހަކު ހައްޔަރުކުރިއެވެ. 

އޭގެފަހުން މިމަހުގެ 12 ވަނަ ދުވަހު އިތުރު މީހަކު ހައްޔަރުކުރިއެވެ. އަދި މިހާތަނަށް 10 މީހަކު އެމައްސަލާގައި ވަނީ ހައްޔަރުކޮށްފައެވެ.

43%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
31%
ސަތޭކައަކުން ސުމެއް
11%
ވަރަށް ސަލާމް
ކޮމެންޓްސް