ads
ސުނިލް ޝެޓީ
ބަފާބެ ކުރަންޖެހެނީ ކީތްކަމެއް ނޭގޭ: ސުނިލް ޝެޓީ
ދާދިފަހުން ސުނިލްޝެޓީގެ އަންހެން ދަރިފުޅު އާތިޔާ ޝެޓީ އަދި ކޭއެލް ރާހުލް ކައިވެނި ކޮށްފައިވާއިރު، ބަފާބެ ކުރަންޖެހެނީ ކީތްކަމެއް ނޭގެކަމަށް ބޮލީވުޑްގެ މަޝްހޫރު ފިލްމީތަރި ސުނިލް ޝެޓީ ބުނެފިއެވެ.
Advertisement

ސުނިލް ޝެޓީ އިންޑިއާ ޓުޑޭއަށް ދިން އިންޓަވިއުއެއްގައި ބުނީ 'ބަފާބެ ގެ ރޯލަކީ ކޮބާކަމެއް ނޭގުނު ނަމަވެސް އަބަދުވެސް ބަފާބެއަކަށް ވާން ބޭނުންވާ" ކަމަށެވެ. 

ސުލިން ޝެޓީގެ ދަރިފުޅު ކައިވެނި ކުރީ މިދިޔަ ޖެނުއަރީ މަހުގެ ފަހުކޮޅުއެވެ.

ސުނިލް ޝެޓީގެ ދަނބިދަރި ކޭއެލް ރާހުލްއާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ސުނިލްޝެޓީ ބުނީ ރާހުލް ބޮޑުވަމުން ދިޔައީ ސުނިލްޝެޓީގެ ގެ ކައިރީގައި އަވަށްޓެރިއެއްގެ ގޮތުގައި ކަމަށެވެ. އަދި އަަބަދުވެސް ރާހުލް ކުޅިވަރުކުޅޭތަން ބަލަން ވެސް ސުނިލްޝެޓީ ދާކަމަށެވެ. 

"ރާހުލް އަށް އޭނާގެ އަމިއްލަ ނަފްސު އެނގޭ މިންވަރަށް އަޅުގަނޑަށްވެސް ރާހުލް ވެސް އެނެގޭ. ރާހުލް ކުޅޭތަން ފެނިފަ އޭނަ ކުޑައިރުވެސް ވަރަށް ފަހުރުވެރިވޭ. އެއީ އަޅުގަނޑުގެ ސަހަރުގަ އުޅޭ ކޮންމެ ކުއްޖަކު މޮޅުވިއަސް އެކަމާ އަޅުގަނޑުވެސް ފަހުރުވެރިވާތީ،" ސުނިލް ޝެޓީ އޭނާގެ ދަނބި ދަރިއާ ގުޅޭގޮތުން ބުންޏެވެ.

ކޭއެލް ރާހުލް އަކީ އިންޑިއާގެ ގައުމީ ކުރިކެޓު ޓީމުގެ ވައިސް ކެޕްޓަނެެވެ.

ރާހުލް އާއި އާތިޔާ ޝެޓީ ކައިވެނިކުރިފަހުން ބައެއް މީހުން ގެންދަނީ އާތިޔާ އިންޑިއާގެ ސަގާފަތާ އެއްގޮތަށް ހެދުން ނާޅާތީ ފާޑުވެސް ކިޔަމުންނެވެ.

އެގޮތުން އާންމުކޮށް އިންޑިއާ އަންހެނުން ކައިވެނިކޮށްގެން އަޅާ މަންގަލްސޫތުރައާއި، ނިތްކުރީގައި އުނގުޅާ ކުލަ އާތިޔާ ނޫގުޅާތީ ގިނަބަޔަކު ފާޑުވެސް ކިޔައެވެ. ނަމަވެސް އާތިޔާ ހުރީ ސަގާފީ ގޮތަށް އުޅެން ތައްޔާރަކަށް ނޫނެވެ. 

ސުނިލް ޝެޓީ ބުނީ އޭނާ ކޭއެލް ރާހުލް ބޮޑަށް ދެކެނީ ދަނބި ދަރިއަކަށްވުރެ ބޮޑަށް އަމިއްލަ ދަރިއެއްގެ ގޮތުގައި ކަމަށެވެ. 

38%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް