ads
މަޖިލިސް ޖަލްސާއެއްގެ ތެރެއިން
ބްރޯޑްކޮމްއަށް ހުށަހެޅި ނަންތަކަށް ހިޔާލު ހުށަހެޅުމަށް ހުޅުވާލައިފި
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވި ނަންތަކަށް އާއްމުންގެ ހިޔާލު ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ހުޅުވާލައިފިއެވެ.

މިމަހުގެ ފަސް ވަނަ ދުވަހު ރައީސް މަޖިލީހަށް ފޮނުއްވާފައިވާ ނަންތައް ތަރުތީބުން:

  1. އައިމިނަތު ނުޒުހާ، ރިވޯޑް، ހއ. ހޯރަފުށި
  2. ހުސެއިން އަމްރު، ވ. ރޯޝަންޝާން 
  3. ސޯލިހު މުހައްމަދު، ފިނިވާދީ، ދ. ކުޑަހުވަދޫ
  4. މަރިޔަމް ނަރީމާން ޝަރީފް، މުޝްތަރީގޭ، ގދ. ތިނަދޫ 
  5. މަރިޔަމް މުނާ، ބޯގަންވިލާ، ސ. ފޭދޫ

މިނަންތައް ފޮނުވާފައިވަނީ އެކޮމިޝަނަށް އައްޔަންކުރުމަށް ރައީސް ސޯލިހް އިސްކަންދެއްވާ ތަރުތީބުން ނެވެ. މި ލިސްޓުގެ އެންމެ ކުރީގައި އޮތް ނަމަކީ ރާއްޖެޓީވީގެ ނޫސްވެރިޔާ އައިމިނަތު ނުޒުހާ އެވެ.

މަޖިލީހުން މިއަދު ވަނީ މި ނަންތަކަށް އާއްމުންގެ ހިޔާލެއް ނުވަތަ ޝަކުވާއެއް އޮތްނަމަ އެކަން މިމަހުގެ 19 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ނިޔަލަށް ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައެވެ.

ބްރޯޑްކޮމްގެ މެމްބަރުކަމުގެ މަގާމެއް ހުސްވީ އެކޮމިޝަނުގެ މެމްބަރު އަދި ނައިބު  ރައީސް އަހުމަދު ގައިސް އެމްޑީޕީގެ ޕްރައިމަރީއާއި ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕެއިންގައި ބައިވެރިވުމަށް ކޮމިޝަނުން އިސްތިއުފާ ދެއްވުމުންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް