ads
ނިލަންދޫ ކުނިގޮނޑު ސަރަހައްދު ކުރިއާއި މިހާރު--
ނިލަންދޫ ކުނިގޮނޑު ފެހި ވާދީ އަކަށް
ފ. ނިލަންދޫގެ ކައުންސިލުންނާއި ރައްޔިތުން ކުރި ހިތްވަރުން ކުނިގޮނޑު ފެހި ވާދީ އަކަށް ބަދަލު ކޮށްލައިފި އެވެ.

ވަރަށް ފަހަކާ ޖެހެންދެން ވެސް ފ. ނިލަންދޫގެ ރައްޔިތުން ކުނިއަޅަމުން ގެންދިޔަ ކުނިގޮނޑު، އެކީ އެކަށްޗަކަށް، ރަށު ކައުންސިލުން މިވަނީ ރައްޔިތުންގެ އެއްބާރުލުމާއެކު ބަދަލު ކޮށްލާފަ އެވެ. ކުރިން ކުނި އަޅާ ފުރާލެވިފައި އޮތް ތަނުން މިހާރު ފެނިގެން ދަނީ ފެހި ވިނައާއި އެކިކަހަލަ ގަސް ގަހާ ގެއްސެވެ.

ނިލަންދޫއަކީ ކުރީއްސުރެ ވެސް އުދަ އެރުމާއި ރަށްގިރުމުގެ މައްސަލަ ކުރިމަތި ވެފައިވާ ރަށެކެވެ. ރައްޔިތުން ދިރިއުޅޭ ހިސާބާއި ތަންކޮޅެއް ދުރުގައި އޮތް ކުނިގޮނޑު ފަހުން އޮތީ ރައްޔިތުން އުޅޭ ގެ ތަކާއި 15 ފޫޓު ދުރުގަ އެވެ. މިހެންވެ 2017 ވަނަ އަހަރުގެ ތެރޭގައި، ނިލަންދޫ ކައުންސިލުން އިސްނަގައިގެން ނިންމީ ކުނިގޮނޑު ގައި ހުރި ކުނިތައް ނައްތާލުމަށެވެ. އަދި އެ މަސައްކަތުގެ "ފެހި" ކަން މިއަދު މިވަނީ އެރަށު ކުނިގޮނޑު ސަރަހައްދުން ފެންނަން ފަށާފަ އެވެ. 

your imageފ.ނިލަނދޫ ކުރީގެ ކުނިގޮނޑު މިހާރު - ފޭސްބުކްyour imageފ.ނިލަންދޫ ކުރީގެ ކުނިގޮނޑު - ފޭސްބުކް

ފ.ނިލަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ޖަލީލް ސީއެންއެމްއަށް ވިދާޅުވި ގޮތުގައި، ކުރީގެ ކުނިގޮނޑުގައި ހުރި ހުރިހާ ކުންޏެއް ތިލަފުއްޓަށް އަޅެމުށް ފަހު، މުޅި ތަނަށް ވެލި އަޅާ ސާފު ކުރީ ރަށުގެ ކައުންސިލުންނާއި، އިދާރާތް ތަކުގެ މުވައްޒަފުން އަދި ރަށުގެ ބައެއް ރައްޔިތުންގެ އެއްބާރުލުމާއި އެކުގަ އެވެ. އަދި އެމްޓީސީސީ ގެ ފަރާތުން ނިލަންދޫގެ ކައުންސިލަށް ވަނީ މިކަމަށް އެހީވުމުގެ ގޮތުން ވެލިއަޅަން ގެންގުޅޭ ވެހިކަލްތަކުގެ ބޭނުން ހިފަން ދީފައި ކަމަށާއި، މިކަހަލަ އެހީތަކައި ނުލައި މި މަސައްކަތް ކުރިއަށް ނުގެންދެވުނީސް ކަމަށް ވެސް ޖަލީލް ވިދާޅުވި އެވެ.

އޭގެ އިތުރުން، މުހައްމަދު ޖަމީލް ވިދާޅުވީ، ފޮޓޯއިން ފެންނަނީ ކުރީގެ ކުނިގޮނޑުގެ ހަތަރު ބައި ކުޅަ އެއްބައި ކަމަށާއި، އެތަން އެހާ ރީތިކޮށް ބަލައި ދެމެހެއްޓެމުން ގެންދެވެނީ، ހުރިހާ ރައްޔިތުންގެ އެއްބާރުލުން އެކަމަށް ލިބޭތީ ކަމަށެވެ.

މީގެ އިތުރުން ކުނި އެޅުމަށްޓަކާއި ނިލަންދޫގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރެއްވެސް ވަނީ 2018 ވަނަ އަހަރު ގާއިމް ކުރެވިފަ އެވެ. މީގެ އިތުރުން އުކާލެވޭ ޕްލާސްޓިކް ކުނިތައް މާލެއަށް ގެންނަނީ ޕާލޭ މޯލްޑީވްސްއާ ގުޅިގެން، އެރަށު މީހެއްގެ ދޯންޏެއްގައިކަން ވެސް ޖަލީލް ފާހަގަކުރައްވަ އެވެ.  

88%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް