ads
އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން--
ސުޕްރީމް ކޯޓުގައި އޮންނަތާ 10 އަހަރުވީ މައްސަލައެއްގެ ހުކުމް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މީގެ 10 ވަރަކަށް އަހަރު ކުރިން ހުށަހެޅި މައްސަލައެއްގެ ހުކުމް ކުރަން ފަށައިފިއެވެ. މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ 2013 ވަނަ އަހަރުއެވެ.

މިއީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ މާއްދާއަކާ ގުޅޭގޮތުން އޭރުގެ ގައުމީ ޕާޓީގެ ފަރާތުން އިމާދު ސޯލިހު ހުށަހެޅުއްވި މައްސަލަ އެކެވެ. އޭނާ ހުށަހެޅުއްވީ 10،000 މެމްބަރުން ހަމަނުވާ ޕާޓީތައް އުވޭ ގޮތަށް އެ ގާނޫނުގައި އޮތް މާއްދާ ބާތިލު ކޮށްދިނުމަށެވެ. 

މި މައްސަލައިގެ ހުކުމް ކުރުން މިހާރު ސުޕްރީމް ކޯޓުގައި ހިނގަމުންދާއިރު، ރިޔާސަތުގައި އިންނަވީ އުއްތަމަ ފަނޑީޔާރު އަހްމަދު މުއުތަސިމް އަދުނާނުއެވެ.

މައްސަލައިގެ ބެންޗު އެކި ފަހަރު ބަދަލުވަމުން ދިޔަކަން މި މައްސަލައިގައި އުއްތަމަ ފަނޑިޔާރު ފާހަގަ ކުރެއްވިއެވެ.

މި މައްސަލައިގެ ހުކުމް ކުރުމާ ހިސާބަަށް ދިޔައިރު ބެންޗުގައި ތިއްބެވީ އުއްތަމަ ފަނޑިޔާރުގެ އިތުރުން 

އައިޝާ ޝުޖޫން، އަލީ ރަޝީދު ހުސެއިން އަދި ޑރ. އަޒްމިރާލްދާ ޒާހިރު އާއި މަހާޒްއެވެ. 

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް