ވީނުވީއެއް ނޭގި ގެއްލިފައިވާ މީހުން ހޯދުމަށް އަވަސްކުރުމަށް ގޮވާލާ ކުއްލި މައްސަލައެއް މިއަދު ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އެވެ.
މި ކުއްލި މައްސަލައަށް ބަހުސްކުރުމާއިމެދު މިއަދު ނެގުނު ވޯޓުގައި މައްސަަލަ ބަލައިނުގަނެ ބޭރުކޮށްލީ، ވޯޓުގައި ބައިވެރިވި 47 މެމްބަރުންގެ ތެރެއިން 39 މެމްބަރުންގެ ވޯޓުން ނެވެ. މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ އެންމެ 18 މެމްބަރުން ނެވެ. އެއް މެމްބަރަކު ވޯޓުގައި ބައިވެރިވެސް ނުވެ އެވެ.
މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި ކުއްލި މައްސަލާގައި ބުނެފައިވަނީ، ދިރިހުރުމުގެ ހައްގަކީ ކޮންމެ މީހަކަށް ލިބިފައިވާ އަސާސީ ހައްގަކަށްވާއިރު، ވީނުވީއެއް ނޭނގިި ގެއްލެމުންދާ ދިވެހީންގެ މައްސަލަތައް ގިނަވެ އެކަމުގެ ސަބަބުން މުޖުތަމައުގައި ބިރުވެރިކަމާއި، ކަންބޮޑުވުމާއި ހިތްދަތިކަން އިންތިހާއަށް އިތުރުވެފައިވާ ކަމަށެވެ.
އެކަމަކު ގެއްލިފައިވާ މީހުން ހޯދުމަށް އެންމެ އެކަށީގެންވާ ގޮތެއްގައި ސަރުކާރުން މަސައްކަތްކުރަމުން ނުދާ ކަމަށާއި، އެމީހުން ހޯދުމުގައި ސަރުކާރުން ފަރުވާކުޑަކުރަމުންދާ ކަމުގެ ޝަކުވާތައް ބޮޑުވެފައިވާ ކަމަށް އެ ކުއްލި މައްސަލާގައި ވެއެވެ.
މައްސަލާގައި ފާހަގަކޮށްފައިވަނީ:
އެހެންވެ، މި ކުއްލި މައްސަލާގައި ގޮވާލާފައިވަނީ، ވީނުވީއެއް ނޭގި ގެއްލިފައިވާ އެފަދަ ހުރިހާ ފަރާތްތަކެއް ހޯދުމުގެ މަސައްކަތް އިތުރަށް ހަލުވިކޮށް، ރައްޔިތުންގެ އިތުބާރު ލިބޭފަދަ ހަރުދަނާ އަދި ދެފުށް ފެންނަ ގޮތަކަށް މަސައްކަތް ކޮށްދިނުމަށެވެ.