ads
ސްޓޫޑެންޓު ލޯޯން ފުރުސަތު ހުޅުވާލުމަށް ބޭއްވި ރަސްމިޔާތުގެ ތެރެއިން
ރާއްޖެއާއި ބޭރުގައި ތައުލީމް ހާސިލުކުރުމަށް ސްޓޫޑެންޓް ލޯނުގެ 720 ފުރުސަތު ހުޅުވާލައިފި
ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ދޫކުރާ ލޯނު ސްކީމުގެ ދަށުން 720 ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

ސްޓޫޑެންޓު ލޯނަށް ހުޅުވާލުމުގެ ރަސްމިޔާތު މިއަދު ހަޔާ އެޑިއުކޭޝަން މިނިސްޓްރީގައިި ވަނީ ބާއްވާފަ އެވެ. 

އެމިނިސްޓްރީން ބުނީ، މިފަހަރުގެ ލޯން ސްކީމްގެ ދަށުން އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށާއި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ވެސް ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި، މި އަހަރުގެ ލޯނު ސްކީމް ހުޅުވާލާފައިވަނީ އެހެން އަހަރު ތަކުގައި ދަރިވަރުންގެ ޑިމާންޑް އެންމެ ބޮޑަށް އޮތް ދާއިރާތަކަށް ފުރުސަތު އިތުރުކޮށް ކަމަށެވެ.

އެ މިނިސްޓްރީން ބުނިގޮތުން، މި ލޯން ސްކީމްގެ ދަށުން ރާއްޖޭގައި ޑިޕްލޮމާ ލެވަލްއަށް ކިޔެވުމަށް ފުރުސަތު ހުޅުވާލާފައިވެ އެވެ. ދިވެހި ސަރުކާރުގެ ހަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވަމުންދާ ހުރިހާ ދަރިވަރުންނަށް އެދަރިވަރަކު ކިޔަވުންދާ ދާއިރާއިން އެޕްލިކޭޝަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައިވާއިރު، އެ ފަރާތެއްގެ ޓިއުޝަންފީގެ ތެރެއިން ފުރަތަމަ ޑިގްރީ ސްކީމުގެ ދަށުން ހަމަޖެހިފައިނުވާ އެހެނިހެން ހަރަދުތައް ހޯދުމަށް ވެސް ފުރުސަތު ހުޅުވާލާފައިވެއެވެ.

އަދި މަތީ ތައުލީމާއި ތަމްރީނަށް ދޭ ލޯނު އެހީ ގެ ދަށުން ކަނޑައެޅިފައިވާ ޕްރޮގްރާމުގެ މުއްދަތުގައި ދަރިވަރުގެ އިހްތިޔާރުން ބޭރުން ދިމާވާ ސަބަބަކާހުރެ ޕްރޮގްރާމް ފުރިހަމަނުކުރެވިގެންދާ މުއްދަތަށް ޓޮޕްއަޕް ލޯނު ދިނުމަށްވެސް ފުރުސަތު ހުޅުވާލާފައި ވެއެވެ.

ޔުނިވަސިޓީ، ކޮލެޖް އަދި ޕޮލިޓެކްނިކް ގައި ކިޔަވައިދޭނެ ލެކްޗަރާއިން ތަމްރީނު ކުރުމަށް ޕީއެޗްޑީ ލެވަލްއަށް ވެސް ފުރުސަތު ހުޅުވާލާފައިވެއެވެ.

މި ލޯނު އެހީގެ ދަށުން:

  • ތައުލީމާއި ތަމްރީނު ހޯދުމަށް ކޮންމެ ގައުމަކަށްވެސް ދިއުމުގެ ފުރުސަތު ފަހި ކޮށްދެވިފައިވޭ
  • ލޯނު އެހީގެ ދަށުން ދޭން ކަނޑައަޅާފައިވާ ހުރިހާ ހަރަދެއް އެއްކޮށް ދޭނީ އިއުލާންކޮށްފައިވާ ގައުމުތަކަށް
  • އެނޫން ގައުމެއްގައި ކިޔެވުމަށް ލޯނުދޭނީ އިއުލާންކޮށްފައިވާ ގައުމުތަކުގެ ތެރެއިން ދަރިވަރު އިހްތިޔާރުކުރާ ގައުމަކަށް ކަނޑައަޅާފައިވާ ރޭޓުން
  • ނުކުޅެދުންތެރިކަން ހުންނަށް ފަރާތްތަކަށް ހާއްސަކޮށް ރާއްޖެއާއި ރާއްޖޭން ބޭރުން ކިޔެވުމަށް ފުރުސަތު ހުޅުވާލާފައިވޭ

މިއަހަރުގެ ލޯން ސްކީމް އިއުލާންކޮށްފައިވަނީ ލޯންގެ އެޑްމިނިސްޓްރޭޓިވް ޗާޖް 1 އިންސައްތަ އަށް ކުޑަކުރުމަށްފަހު އެވެ. މި ލޯނު އެހީއަށް ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 15 މާރިޗު 2023 ވާ  ބުދަ ދުވަހުގެ 13:30 އެވެ. ލޯނަށް އެދި ފޯމް ހުށަހަޅާނީ ހަޔާ އެޑިއުކޭޝަން ޕޯޓަލް މެދުވެރިކޮށެވެ.

މިނިސްޓްރީން ބުނީ، މިއަދުން ފެށިގެން 1 މާރިޗު 2023 އާއި ހަމައަށް ހުށަހަޅާ އެޕްލިކޭޝަން މިނިސްޓްރީން ބެލުމަށްފަހު ރަގަޅު ކުރަންޖެހޭނަމަ، އެކަން އަންގައި ރަގަޅު ކުރުމަށް ފުރުސަތު ދޭނެ ކަަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް