މީދާ ގިނަވެ، އުނދަގޫ ބޮޑުވެގެން ބްރޯޑްކޮމް މިއަދު ބަންދު!
ފާތިމަތު އަހްމަދު ޝަރީފް
16 ފެބްރުއަރީ 2023 - 11:08:32
މީދަލުގެ އުނދަގޫ ބޮޑުވެ، މީދާ ނައްތާލުމުގެ މަސައްކަތް ކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން މިއަދު ބަންދުކޮށްފި އެވެ.
އެ ކޮމިޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނީ، އެ ކޮމިޝަން ހިންގަމުންދާ ގ. ބިއްލޫރިޖެހިގޭ އިމާރާތުގައި މީދާ ގިނަވެ، އެކަމުގެ ސަބަބުން އުނދަގޫތައް ދިމާވަމުންދާ ކަމަށެވެ. އެކަމުގެ ސަބަބުން ކޮމިޝަނުގެ މަސައްކަތްތަކަށް ވެސް ބުރޫ އަރަމުންދާ ކަމަށެވެ.
އެހެންވެ، ޕެސްޓު ކޮންޓްރޯލް މަސައްކަތްތަކެއް ކުރުމަށް މިއަދަކީ ކޮމިޝަނުގެ މުވައްޒަފުންނަށް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށާއި، މިއަދު އޮފީސް ހުޅުވައިގެން އެއްވެސް ހިދުމަތެއް ނުދޭނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
ބްރޯޑްކޮމްގެ އެއްވެސް ހިދުމަތެއް ހޯއްދަވަން ބޭނުންނަމަ، ކޮމިޝަނުގެ ހޮޓްލައިން 7983353 އަށް ގުޅައިގެން ކުރިއަށް ގެންދިއުމަށްވެސް އެ ކޮމިޝަނުން ވަނީ އެދިފަ އެވެ.
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް