ads
ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން -- ފޮޓޯ: ޓްވިޓާ
ކިޔެވުން މެދުކަނޑާލަންޖެހުނު 120 ދަރިވަރަކަށް ފުރުސަތު ދެނީ
ސްޓޫޑެންޓް ލޯނު ނެގި ފަހުން އެކި ސަބަބުތަކާ ހުރެ ކިޔެވުން މެދުކަނޑާލި 120 ދަރިވަރަކަށް، އަލުން ލޯނަށް ކުރިމަތިލެނޭނެކަމަށް ހަޔަރ އެޑއިުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެ އެވެ.

މިހާރު ހުޅުވާލާފައިވާ ލޯނު ފުރުސަތާއި ގުޅޭގޮތުން، މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ މީގެކުރިން ލޯނުނެގި ދަރިވަރުންގެ ތެރެއިން އަމިއްލަ އިހްތިޔާރުން ބޭރުން ކިޔެވުން މެދުކަނޑާލަން ޖެހުނު ދަރިވަރުންނަށް މިފަހަރުގެ ލޯނަށް ކުރިމަތި ލެވޭނެ ކަމަށެވެ.

އެގޮތުން މިފަހަރު ހުޅުވާލި 720 ފުރުސަތުގެ ތެރެއިން 120 ފުރުސަތު ހާއްސަކޮށްފައިވަނީ އެގޮތަށް ތިބި ދަރިވަރުންނަށްކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިހާރު ހަމަޖައްސާފައިވާ އުސޫލުގެ ތެރެއިންވެސް ދަރިވަރަކު ކިޔަވަމުން ދަނިކޮށް ދިމާވާ ސަބަބަކާއި ހެދި ފައިސާ ހުސްވެ ކިޔެވުން ފުރިހަމަ ނުކުރެވިއްޖެނަމަ "ޓޮޕްއަޕް ލޯނު" ހަމަޖައްސާދޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން ކިޔަވަމުންދާ މަރުކަޒުން ޕްރޮގްރާމް ކުރިޔަށް ގެންދިއުން ހުއްޓާލުމާއި ދަރިވަރަށް ކުރިމަތިވާ ބައްޔެއްގެ ސަބަބުން ޕްރޮގްރާމް ކުރިޔަށް ގެންދިއުން ވަގުތީ ގޮތުން މެދުކަނޑާލަން ޖެހުމުގެ އިތުރަށް ޕްރޮގްރާމް ފުރިހަމަކުރަމުން އަންނަ މަރުކަޒުން އެ ޕްރޮގްރާމަށް އެންރޯލްވީ އިރު އެއްބަސްވެފައިވާ ޕްރޮގްރާމުގެ މުއްދަތަށާއި ހަރަދަށް ބަދަލު ގެންނަ ނަމަ ލޯނު އިތުރުކޮށްދޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް