ads
ބީއެމްއެލް ފުރަތަމަ ޝަރީއާ ހަމަތަކާ އެއްގޮތް ފައިނޭންސިން ފެސިލިޓީ ތައާރަފްކުރުން
ބީއެމްއެލް ފުރަތަމަ ޝަރީއާ ހަމަތަކާ އެއްގޮތް ފައިނޭންސިން ފެސިލިޓީ ދޫކޮށްފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ޝަރީއާ ހަމަތަކާ އެއްގޮތް ފައިނޭންސިން ފެސިލިޓީއެއް ދޫކޮށްފިއެވެ.
Advertisement

މި ފެސިލިޓީއަކީ ކ. އަތޮޅު ކަސަންފަރު ލަގޫނުގައި ތަރައްގީކުރާ ލަގްޒަރީ ރިސޯޓެއް ތަރައްގީކުރުމަށް ދޫކޮށްފައިވާ ފައިނޭންސިން ފެސިލިޓީއެކެވެ.

މި ރިސޯޓަކީ 5 ސްޓާ ރިސޯޓެއް ކަމަށްވާއިރު، މި ރިސޯޓް ތަރައްގީކުރަނީ ސެންޓޮރިކް އައިލެންޑް ޕްރައިވެޓް ލިމިޓެޑްއިންނެވެ. މި ކުންފުންޏަކީ އާލިއާ ގްރޫޕާއި ދުނިޔޭގައި ނަން މަޝްހޫރު ހޮސްޕިޓަލިޓީ ބްރޭންޑެއް ކަމަށްވާ އެޓްމޮސްފިއާ ހޮޓެލްސް އެންޑް ރިސޯޓްސްގެ ޖޮއިންޓް ވެންޗާއެކެވެ. އެޓްމޮސްފިއަރ ހޮޓެލްސް އެންޑް ރިސޯޓްސްއިން މިހާރު ރާއްޖޭގައި 9 ރިސޯޓް ހިންގަމުން ގެންދެއެވެ.

ބޭންކް އޮފް މޯލްޑިވްސްއިން މި ފެސިލިޓީ ތައާރަފުކޮށްފައިވާކަން އިއުލާންކޮށްފައިވަނީ މޭ 18 ވަނަ ދުވަހުއެވެ. މިއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ޝަރީއާ ހަމަތަކާ އެއްގޮތަށް ދޫކުރާ ފުލީ ފަންޑެޑް ކޯޕަރޭޓް ފައިނޭންސިން ފެސިލިޓީއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް