ads
ނަހުލާ އަދި ގާސިމް
ޖޭޕީގެ ނައިބު ލީޑަރު ކަމަށް ނަހުލާ ވާދަ ކުރައްވަނީ
ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރުގެ މަގާމަށް، އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުން، އައިޝަތު ނަހުލާ ވާދަކުރެއްވުމަށް ނިންމަވައިފި އެވެ.

މިކަން ނަހުލާގެ އަރިސް ބޭފުޅަކު "ސީއެންއެމް" އަށް ވަނީ ކަަށަވަރުކޮށްދެއްވާފަ އެވެ. ނައިބު ލީޑަރުގެ މަގާމަށް ކުރިމަތިލުމަށް މިއަދުގެ ވަގުތެއްގައި ނަހުލާ ފޯމު ހުށަހަޅުއްވާނެ އެވެ. 

ޓްރާންސްޕޯޓު މިނިސްޓަރުގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ ނަހުލާ ޖޭޕީގެ ނައިބު ލީޑަރުގެ މަގާމަށް ވާދަކުރެއްވުމަށް ނިންމަވާފައިވާއިރު، މިހާރުވެސް އެމަގާމަށް ގިނަ އަދަދެއްގެ ބޭފުޅުން ވަނީ އެޕާޓީން ކުރިމަތިލައްވާފަ އެވެ. 

ޖޭޕީގެ ކައުންސިލް މެމްބަރު ކަންވެސް ކުރައްވަމުން ގެންދަވާ ގާސިމުގެ އަނބިކަނބަލުން މިފަހުން އަންނަނީ ޕާޓީއަށް މެމްބަރުން އިތުރުކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ނެވެ. 

ޖޭޕީގެ ކޮންގްރެސް އޮތީ މި މަހުގެ 24 އިން 25 އަށެވެ. މި ކޮންގްރެސްގައި އާ ދައުރަށް ޕާޓީގެ މަގާމުތަކަށް ބޭފުޅުން އިންތިހާބު ކުރާއިރު، ލީޑަރުގެ މަގާމާއި، ޑެޕިއުޓީ ލީޑަރުންގެ މަގާމަށް ކުރިމަތިލުމަށްވެސް މިހާރު އޮތީ ހުޅުވާލާފަ އެވެ. ލީޑަރުގެ މަގާމަށް މިހާރުވެސް އެމަގާމުގައި ހުންނެވި ގާސިމް ވަނީ ކުރިމަތިލައްވާފަ އެވެ.

ޕާޓީގެ ލީޑަރުގެ މަގާމު އުވާލުމަށްފަހު، ޕާޓީގެ އެންމެ އިސް މަގާމަކީ ރައީސް ކަމުގެ މަގާމު ކަމުގައި ކަނޑައެޅުމަށް އެޕާޓީގެ ކައުންސިލު ބައްދަލުވުމަށް ހުށަހެޅުނު ނަމަވެސް އެކަން އެގޮތަށް ފާސްވެފައެއް ނުވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް