ads
ޑިިޖިޓަލް އައިޑީ ކާޑުގެ ނަކަލް ފޮޓޯއެއް——
އަލަށް ތައާރަފުކުރާ ޑިޖިޓަލް އައިޑީކާޑު ތަޖުރިބާ ކުރުމުގެ ފުރުސަތު ހުޅުވާލަނީ
އަލަށް ތައަރާފުކުރަން މަސައްކަތްކުރަމުންދާ "ގައުމީ ޑިޖިޓަލް އައިޑެންޓިޓީ ކާޑު" ބޭނުންކުރަން ފެށުމުގެ ކުރީން ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ހުޅުވާލަން ނިންމައިފި އެވެ.
Advertisement

މި ފުރުސަތު ހުޅުވާލަނީ،  ޑިޖިޓަލް އައިޑީ ކާޑް ބޭނުންކުރަން ފެށުމުގެ ކުރިން ޓެސްޓްކުރުމުގެ މަރުހަލާގައި އެ ކާޑު ތަޖުރިބާ ކޮށްލުމުގެ ފުރުސަތު އާންމުންނަށް ދިނުމުގެ ގޮތުން ނެވެ.

މީގެ ސަބަބުން ޑިޖިޓަލް އައިޑީ ކާޑު ބޭނުންކުރަން ފެށުމުގެ ކުރީން ރަނގަޅު ކުރަންޖެހޭ ކަންތައްތައް ދެނެގަނެ، އިތުރަށް ކާޑު ފުރިހަމަ ކުރުމަށް ކުރަންޖެހޭ ކަންކަން ނޭޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލިޖީ(އެންސީއައިޓީ) އަށް ދެނެގަނެވޭނެ އެވެ. 

އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޝަރީފު މިއަދު ވިދާޅުވިގޮތުން އެ ފުރުސަތު އީފާސް އެޕްލިކޭޝަން މެދުވެރިކޮށް 500 މީހުންނަށް ދިނުމަށް ވަނީ ނިންމާފަ އެވެ. މިހާރުވެސް 180 މީހަކަށް އެކާޑު ތަޖުރިބާ ކުރުމުގެ ފުރުސަތު ވަނީ ދީފައެވެ.

ޒަމާނަށް އެކަށީގެންވާ ޑިޖިޓަލް އައިޑެންޓިޓީގެ ނިޒާމެއް، ދެ އަހަރުގެ ތެރޭގައި ގާއިމުކުރުމަށް މަސަައްކަތް ކުރަމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަސްތެރެ އެވެ.

ސެކިއުރިޓީ ގިނަ ފީޗާތަކެއް ހިމެނޭ މި ޑިޖިޓަލް ކާޑު އީފާސް އެޕްލިކޭޝަން މެދުވެރިކޮށް މިއަހަރުތެރޭ ތައާރަފުކުރުމަށް ސަރުކާރުން މިހާރު ދަނީ މަސައްކަތް ކުރަމުން ނެވެ. 

ރާއްޖޭގައި މިހާރު ބޭނުންކުރަނީ ވޮލެޓަށް ލެވޭ ގޮތަށް ގެންގުޅޭ އައިޑީ ކާޑެެވެ. ނަމަވެސް ޑިޖިޓަލް އައިޑެންޓިޓީއެއް ގާއިމުކުރެވިއްޖެނަމަ ފޯނުން އައިޑީކާޓުގެ ހިދުމަތް ހޯދޭނެ އެވެ. މިއީ ދުނިޔޭގެ ބައެއް ގައުމުތަކުގައި މިހާރުވެސް ބޭނުންކުރާ ހިދުމަތެކެވެ. މި ކާޑު ތައާރަފުކުރިނަަމަވެސް މިހާރުވެސް ބޭނުންކުރަމުންދާ ޕްރިންޓެޑް ކާޑު ބޭނުންކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އޮންނާނެ ކަމަށްވެސް ސަރުކާރުން ވަނީ ބުނެފަ އެވެ. 

މީގެ އިތުރުން ސަރުކާރުން ދަނީ ޑިޖިޓަލް ވޮލެޓެއް ތައާރަފްކުރުމުގެ މަސައްކަތްވެސް ކުރަމުން ނެވެ. އަދި މިހާރު ވަނީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ގޮތުގައި ޑިޖިޓަލް ލައިސަންސް ބޭނުންކުރަން މިމަހުގެ ފަސްވަނަ ދުވަހު ފަށާފައެވެ. މި ޑިޖިޓަލް ލައިސަންސް ހިމެނޭހެން ޑިޖިޓަލް އައިޑީކާޑުވެސް ސަރުކާރުން މިހާރު ތައާރަފުކުރަން މަސައްކަތްކުރަމުންދާ ވޮލެޓުގެ ތެރެއިން ބޭނުންކުރެވިގެންދާނެ އެވެ. 

0%
ކަމުގޮސްފި
80%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް