ads
ރައީސްއަށް ޖާރޒީ ހަދިޔާ ކުރުން
ފޯ ނޭޝަނަސްކަޕްގެ ޖާޒީއެއް ރައީސްއަށް އަރުވައިފި
އަންނަ ހަފްތާގައި މާލޭގައި ފަށާ 4 ނޭޝަންސް ކަޕް ވޮލީ މުބާރާތުގައި ރާއްޖޭގެ ޓީމްގެ ޖަރޒީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހަށް އަރުވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ޖަރޒީ ވެދުމަށްއަރުވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުވުމެއްގައެވެ. އަންނަ ހަފްތާގައި ފަށާ 4 ނޭޝަންސް ކަޕް ވޮލީ މުބާރާތަކީ މި އަހަރު ރާއްޖޭގައި ބާއްވާ ފުރަތަމަ ބައިނަލްއަގްވާމީ ކުޅިވަރު މުބާރާތެވެ.

މި މަހުގެ 23 ން ފެށިގެން 27 އަށް މާލޭގައި ބާއްވާ މި މުބާރާތުގައި  ރާއްޖެއާ ވާދަކުރާނީ މެލޭޝިއާ އާއި ސިންގަޕޫރު އަދި އަފްގާނިސްތާން އެވެ. އަފްގާނިސްތާނުން ހަމައެކަނި ބައިވެރިވަނީ ފިރިހެން ޓީމެވެ. އަނެއް ތިން ޓީމުން އަންހެން އަދި ފިރިހެންވެސް ކުޅޭނެއެވެ.

ބައިނަލްއަޤުވާމީ ކުޅިވަރު މުބާރާތްތައް ރާއްޖޭގައި ބޭއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ރިޔާސީ ވައުދެކެވެ.

އަދި އެއްވެސް ކުޅިވަރެއް ބާކީ ނުކޮށް ކުޅިވަރު ކުރިއެރުވުމަކީވެސް މިސަރުކާރުން ގެންގުޅުއްވާ މުހިންމު ސިޔާސަތެކެވެ. މި ސަރުކާރުން ވޮލީ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، ރާއްޖޭގެ ވޮލީ ޓީމްތަކުން ދަނީ ފުރަތަމަ ފަހަރަށް ޔޫރަޕާއި މެދު އިރުމަތީގެ ޤައުމުތަކުގައި ކުޅިވަރު ކޭމްޕްތައް ބާއްވަމުންނެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް