ads
އައިއޭއެސްގެ ސްޓާފް ނައިޓަށް ނައިބު ރައީސް ވަޑައިގަންނަވަނީ
އައިއޭއެސްގެ މުވައްޒަފުން ކުރަނީ ގައުމީ މުހިއްމު މަސައްކަތެއް: ނައިބު ރައީސް
އައިލެންޑް އެވިއޭޝަންގެ މުވައްޒަފުން ކުރަމުން ގެންދަނީ ގައުމީ ތަރައްގީއާއި ގުޅިފައިވާ މުހިއްމު މަސައްކަތެއްކަން ފާހަގަ ކުރައްވާ އަބަދުވެސް އެގޮތުގައި ދެމިތިބުމަށް ނައިބު ރައީސް ފައިސަލް ނަޝީމް އިލްތިމާސް ކުރައްވައިފި އެވެ.

ނައިބު ރައީސް މިކަމަށް އިލްތިމާސްކުރެއްވީ އައިއޭއެސްގެ ސްޓާފް ނައިޓް ޝަރަފުވެރިކޮށްދެއްވާ ރޭ ވާހަކަފުޅުދައްކަވަމުން ނެވެ.

ގައުމީ އެއާލައިން މޯލްޑިވިއަންއާއި ރާއްޖޭގެ ބައެއް އެއާޕޯޓްތައް ހިންގަމުންގެންދާ އައިއޭއެސްގައި 1300 އަށްވުރެ ގިނަ މުވައްޒަފުން ވަޒީފާ އަދާކުރެއެވެ.

ނައިބު ރައީސް ވިދާޅުވީ އައިއޭއެސްގެ މުވައްޒަފުންނަކީ ކޮންމެ ދުވަހަކުވެސް ގިނަ ރައްޔިތުންތަކަކަށް ހިދުމަތް ދެމުންގެންދާ މުވައްޒަފުން ކަމަށާއި، އެ މުވައްޒަފުންނަކީ ނަމޫނާ ބައެއް ކަމަށެވެ.

އަދި ރާއްޖޭގައި އިތުރުވަމުން އަންނަ އެއާޕޯޓްތަކާއި އެކު އައިއޭއެސްގެ މުވައްޒަފުންގެ ދައުރު އިތުރަށް ބޮޑުވެގެންދާނެކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

އެހެންކަމުން ރައްޔިތުންނަށް ހިދުމަތް ދިނުމުގައި އެއްވެސް ރައްޔިތަކު ތަފާތުކުރުމެއް ނެތި ހަމަހަމަކަމާއި އޯގާތެރިކަމާއިއެކު ހުރިހާ ރައްޔިތުންނަށްވެސް ހިދުމަތް ދިނުމަށް ނައިބު ރައީސް އައިއޭއެސްގެ މުވައްޒަފުންނަށް ރޭ އިލްތިމާސް ކުރެއްވިއެވެ.

ނައިބު ރައީސް ވިދާޅުވީ އައިއޭއެސްގެ މުވައްޒަފުންނަކީ ގުޅިގެން މަސައްކަތްކުރާ ވަރަށް ގުޅުން ރަނގަޅު މުވައްޒަފުންކަމަށާއި އެކަން ސްޓާފް ނައިޓުންވެސް ފާހަގަވެގެންދާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް